ވެސްޓް ޕާކާއި އައިޖީއެމްއެޗް އަދި ދިރާގު ކައިރީގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމްކޮށް ނިމިއްޖެ
މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވީ، މާލޭގެ ފެންބަޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ވަގުތީ ފެން ހިންދާ ނިޒާމު ޤާއިމުކޮށް ޚިދުމަތްދިނުމަށް އާރްޑީސީއާ އެކުގައި، ޑިފެންސް މިނިސްޓްރީން 15 މެއި 2024 ގައި އެއްބަސްވުމެއްގައި ސޮއެކޮށްފައި ވާކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރެވިފައިވަނީ، ޑިފެންސް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.