Advertisement

ޑިފެންސް މިނިސްޓްރީ --- ފޮޓޯ: މިނިވަން ނިއުސް

17 Sep 2023
ޚަބަރު

އުތުރު ތިލަފަޅުގައި ބޭރުގެ އެއްވެސް ސިފައިންނެއް ނުތިބޭނެ: ޑިފެންސް މިނިސްޓްރީ

ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށާއި އަދި އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ސިފައިންގެ މުވައްސަސާގެ އަގު ވައްޓާލައި، ސިފައިންގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ފަތުރަމުންދާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ އުތުރު ތިލަފަޅާ ގުޅިގެން ދެކެވޭ ވާހަކަތައް ރައްދުދީފަ އެވެ.

އެ ބަޔާނުގައިވަނީ އުތުރުތިލަފަޅަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށާއި އެތަނަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުތައް އަޅާފައި ބޭއްވުމަށާއި އެ އުޅަނދުފަހަރު މަރާމާތު ކުރުމަށް ތަަރައްގީކުރާ ތަނެއް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އުތުރުތިލަފަޅާ ގުޅިގެން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާކުރީ 2013 ގައި އޭރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެ ދަތުރުފުޅުގައި، އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ގައި ވެސް އިންޑިއާއާއެކު އުތުރު ތިލަފަޅުގައި އަސްކަރީ މަޝްރޫއެއް ހިންގަން ވަނީ އެއްބަސްވެފައިކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވާގޮތުން އުތުރު ތިލަފަޅުގައިވާ ހުރިހާ ވަސީލަތްތަކަކީ ވެސް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ އަމިއްލަ މިލްކިއްޔާތެކެވެ. އަދި މި ސަރުކާރުން ދިވެހިންގެ މިނިވަން ކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވަނީ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ދިވެހި ސިފައިންގެ ތަރައްގީއަށް ހިންގޭ މުހިއްމު ކަންކަމަށް ހުރަސް އެޅުމާއި ނަފްރަތު އުފެއްދުމަށް ކުރަމުންދާ ކަންކަން ހުއްޓާލަން ގޮވާލާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.