Advertisement

ދިވެހި ސިފައިން -- ފޮޓޯ: އެމްއެންޑީއެފް

16 Jan 2024
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
ޢަލީ ސުލައިމާން

ރާއްޖޭގެ އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި

ރާއްޖޭގެ އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިކަން ހާމަކޮށް، ބަޔާނެއް ނެރެފައި ވަނީ ރާއްޖޭގެ އަސްކަރީ ބޭނުމަށް ހަނގުރާމަމަތީ ޑްރޯންތަކެއް ގަތުމަށް ދިވެހި ސަރުކާރާއި ތުރުކީވިލާތުގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމެއް ހަދާފައިވާކަމުގައި ބުނެ މީޑިއާގައި ޚަބަރުފެތުރިފައި ވަނިކޮށެވެ. އެހެން ނަމަވެސް ސީދާކޮށް އެމުއާމަލާތާއި ގުޅޭ އެއްވެސް ވާހަކައެއް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ހިމަނާފައެއް ނެތެވެ.

އެމިނިސްޓްރީގެ ބަޔާނުގައި ހަމައެކަނި ބުނެފައި ވަނީ، އަސްކަރިއްޔާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އެއާޕޯޓުގައި ދެއްވި ނޫސްބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެކަމަށް އަލިއަޅުއްވާލާފައެވެ.

އެދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ 9 ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަރވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް ރާއްޖޭގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. އަދި މާލަސްތަކެއްނުވެ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އަމިއްލަ ކެޕޭސިޓީ ޤާއިމްކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެދުވަހު ދެއްވި ނޫސްބަޔާނުގައި ވިދާޅުވިއެވެ.

ޑިފެންސްމިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ "ޕްލެޓްފޯމްތަކާއި ވަސީލަތްތައް" އެމްއެންޑީއެފްއަށް ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެމަސައްކަތްތަކުގެ ތަފްޞީލްތަކެއް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި، ސަވައިލެންސް އޮޕަރޭޝަންތަކާއި، ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ވައިގެ މަގުން ބަލި މީހުން އުފުލުމުގައި މިހާތަނަށް އެމްއެންޑީއެފާއި ދިވެހި ސަރުކާރުން ބޭނުން ކުރަމުން އައިސްފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓެވެ. އެއުޅަނދުތައް ދުއްވަން ތިބެނީ އިންޑިއާގެ ސިފައިން ކަމަށްވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާރިޗުމަހުގެ 15ގެ ކުރިން ރާއްޖެއިން ފޭބުމަށް ސަރުކާރުން ވަނީ އަންގާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.