Advertisement

އިންޑިއާގެ ހެލިކޮޕްޓަރުގައި ބަލި މީހަކު އުފުލަނީ --

26 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ސިފައިންގެ ބަދަލުގައި، އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވުމަށް އިންޑިއާއިން މީހުން ފޮނުވައިފި

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބި މަރުކަޒުތަކުގައި ބޭތިއްބުމަށް އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާ ސަރުކާރުން ފޮނުވާ ފުރަތަމަ ގުރޫޕް މިއަދު މާލެ އައިސްފައިވާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ، ހެލިކޮޕްޓަރު ދުއްވުމަށް އެޤައުމުން ފޮނުވާ ސިފައިން ކަމުގައި ނުހިމެނޭ އިންޑިއާގެ އާއްމު ކްރޫ މާލެ އައީ މިއަދު ހަވީރު ކަމަށެވެ. އަދި އެޓީމް މިރޭ އައްޑޫ ސިޓީއަށް ގޮސް، ހޭޑް އޯވަރ އަދި ޓޭކް އޯވަރ މަސައްކަތްތައް ފަށާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގެ ތެރެއިން، ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިޔުމަށްޓަކައި، މާދަމާއިން ފެށިގެން އެ ހެލިކޮޕްޓަރު ޓެސްޓް ދަތުރުތަކެއް ކުރާނެ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރުގެ ބަދަލުގައި އިންޑިއާއިން ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު، ބުދަ ދުވަހު އައްޑޫ ސިޓީއަށް އަންނާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ލ.ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކުރެވިފައިވާ، އިންޑިއާ ސިފައިން، މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ އިންޑިއާއަށް ދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.