Advertisement

ސިފައިން ވެސްޓް ޕާކު ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ --

13 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ވެސްޓް ޕާކާއި އައިޖީއެމްއެޗް އަދި ދިރާގު ކައިރީގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމްކޮށް ނިމިއްޖެ

ވެސްޓް ޕާކާއި އައިޖީއެމްއެޗް އަދި ދިރާގު ކައިރީގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމްކޮށް ނިމިފައިވާ ކަމުގައި ޑިފެންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވީ، މާލޭގެ ފެންބަޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ވަގުތީ ފެން ހިންދާ ނިޒާމު ޤާއިމުކޮށް ޚިދުމަތްދިނުމަށް އާރްޑީސީއާ އެކުގައި، ޑިފެންސް މިނިސްޓްރީން 15 މެއި 2024 ގައި އެއްބަސްވުމެއްގައި ސޮއެކޮށްފައި ވާކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރެވިފައިވަނީ، ޑިފެންސް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި އެޕްރޮޖެކްޓްގެ ދަށުން ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދަނީ، އާޓީފިޝަލް ބީޗު ކައިރިން، މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދާއި، ޓީވީމޯލްޑިވްސް ހިމެނޭ ސަރަހައްދާއި، އަމީނީ މަގު ނިމޭ ހިސާބުން ދިރާގު ކައިރިއާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން، ވެސްޓްޕާކު ސަރަހައްދެވެ. 

އަދި މިޕްރޮޖެކްޓްގެ ދަށުން ވަގުތީ ފެން ހިންދާ ނިޒާމްތައް ޤާއިމްކުރުމަށް ކަނޑައެޅި ފުރަތަމަ ތިން ސަރަހައްދުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައި ޑިފެންސް މިނިސްޓްރީން ހާމަކުރެއްވިއެވެ.

ޑިފެންސްމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފެންހިންދާ ނިޒާމްތައް ޤާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް ހޮޅި އަޅައިގެން ކުރިން މަސައްކަތް ކުރާ ގޮތަށް ދެން ސިފައިން މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. 

އަދި ޑިފެންސް މިނިސްޓްރީގެ މި ޕްރޮޖެކްޓް ހިންގަމުން އަންނަނީ، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، އެމްޑަބުލިޔުއެސްސީއާއި ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަންނީ ލަފަޔާއި އެހީއާއި އެކު ކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުފެވައެވެ.

މާލޭގެ ފަސް ސަރަހައްދުގައި ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމް ކުރެއްވުމުގެ މި ޕްރިޖެކްޓަކީ ސަރުކާރުން 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.