Advertisement

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ---

14 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުއްދަނެތި ހެލިކޮޕްޓަރ ދުއްވިކަމަށް ވިދާޅުވެ ޑިފެންސްމިނިސްޓަރ ޣައްސާނު ހެއްދެވީ އިތުރުފުޅެއް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް ހުއްދަ ނެތި ތިމަރަފުއްޓަށް ޖައްސާފައިވާ ކަމަށް ބުނެ، މިހާރުގެ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ދެއްކެވި ވާހަކަފުޅު އިންޑިއާއިން ދޮގުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، އިންޑިއާ ސިފައިން ދުއްވާ ހެލިކޮޕްޓަރު ހުއްދަ ނުހޯދައި ތިމަރަފުއްޓަށް ޖައްސާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ 241 ކޮމިޓީގައި އެމައްސަލަ ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިނިސްޓަރ ޣައްސާނު އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ދެއްކެވި ވާހަކަފުޅު ދޮގުކޮށް، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ބަޔާނެއް ނެރެފައެވެ. އިންޑިއާ އެމްބަސީން ހާމަކޮށްފައިވާ މައުލޫމާތު އެނގޭ ގޮތުގައި ޣައްސާނު އިޝާރާތްކޮށްފައި ވަނީ އިމާޖެންސީ ޙާލަތެއްގައި ހެލިކޮޕްޓަރު 09 އޮކްޓޫބަރު 2019ގައި ތިމަރަފުށީ އެއާޕޯޓުގައި ޖެއްސި ހާދިސާއަށެވެ. އެކަމާއި ގުޅިގެން އިންޑިއާ އެމްބަސީން ބުނީ އެދުވަހުވެސް ހެލިކޮޕްޓަރު ތިމަރަފުށީގައި ޖައްސާފައި ވަނީ، އެކަމާއި ގުޅޭ ހުރިހާ ހުއްދަތަކެއް ހޯދުމަށް ފަހުގައި ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ. އަދި އޭގެ އިތުރުން އެއްވެސް އިންޑިއާ އެމްބަސީން ބުނެފައި ވަނީ، އިންޑިއާގެ ޕްލެޓްފޯމްތަކުގައި ހަރަކާތްތެރި ވަނީ އަބަދުވެސް ދެޤައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ ގޮތަށް ނަގަންެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލި އިރު، ދިވެހި ސަރުކާރަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްޗަށް ކޮންޓްރޯލެއް ނޯންނަކަމަށް ދޭހަވާ މޭރުމަކުން ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.