ޚަބަރު
21 May 2024
ޚަބަރު
ބޯހިޔާވަހިކަން ދިނުމުގައި މުސްކުޅި މައިން ބަފައިން ބަލަހައްޓާ މީހުންނަށް ޚާއްޞަ އިސްކަމެއް ދެނީ
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ތެރެއިން މިހާތަނަށް، ދޮށީ އުމުރުގެ މީހުން އޮތީ ވަރަށް ބޮޑަށް ހަވާސާ ކުރެވިފައެވެ. ދަރިން ތިބި އަދަދަށް ބަލައިގެން ޕޮއިންޓް އިތުރުވާގޮތަށް އޮތް ނަމަވެސް، މުސްކުޅި މައިން ބަފައިންނާއި އެނޫންވެސް ޝަރުޢީގޮތުން ބަަލަންޖެހޭ އުމުރުން ދޮށީ މީހުން ބަލާ ފަރާތްތަކަށް އެއްވެސް ޚާއްޞަކަމެއް ދީފައެއް ނޯވެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ ސިޔާސަތުތައް މިހާތަނަށް އެކަށައަޅާފައި އޮތް ގޮތުން އުމުރުން 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނަށް ވަކިން ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއްވެސް ނެތި އޮންނަނީ އެމީހުން ވަރަށް ބޮޑަށް ނިކަމެތިވެފައެވެ.
21 May 2024
ޚަބަރު
އައްޑޫ ސިޓީގައި އިސްރަށްވެހިންނަށް ޚާއްޞަ މަރުކަޒެއް ބިނާ ކުރެއްވުމަށް ނިންމަވައިފި
"އިސްރަށްވެހިންގެ ހިޔާވަހި"ގެ ނަމުގައި ބިނާކުރައްވާ ޢިމާރާތަކީ، ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު، ދޮށީ އުމުރުގެ މީހުންނަށް ޙާއްޞަ ކުރައްވައިގެން ބިނާކުރައްވާ ޢިމާރާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. މި ޢިމާރާތަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން އެޅުއްވުމަށް ނިންމަވާފައިވާ ޢިމާރާތެކެވެ.
21 May 2024
ޚަބަރު
އަލުން ހުޅުވާލި ފުރުޞަތުގައި 293 ކުދިން ސްކޫލު ބަދަލުކުރަން ހުށައެޅި -އެޑިޔުކޭޝަން
މިމަހުގެ 15 އަދި 16 ދެދުވަހު، ސްކޫލު ބަދަލުކުރަން ބޭނުންވާ ދަރިވަރުންގެ ފޯމް ހުށައެޅުމަށް ދިން ފުރުޞަތުގައި، އަތޮޅުތަކުގެ ސްކޫލުތަކުން މާލެއަށް 159 ދަރިވަރުން އަދި މާލޭގެ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 134 ދަރިވަރުން އަދި ރާއްޖެއިން ބޭރުްން މާލެއަށް ބަދަލުވާ 3 ދަރިވަރުންނާއި ޕްރައިވެޓް ސްކޫލުތަކުން ސަރުކާރުގެ ސްކޫލުތަކަށް 17 ދަރިވަރަކު ބަދަލުކޮށްދިނުމަށް އެދި ފޯމް ހުށައަޅާފައިވެއެވެ.
21 May 2024
ޚަބަރު
ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް އަންނަ އަހަރުންފެށިގެން މަޢުރަޒެއް ބޭއްވުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވާގޮތުގައި، އެމަނިކުފާނު މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
21 May 2024
ޚަބަރު
ނަތަންޔާހޫ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމަށް އެދި ހުށައެޅުމުން ރައީސް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިޒްރޭލުގެ އިސްވެރިން ހައްޔަރު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލްކޯޓަށް އެދި ހުށައެޅުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި މިހާތަނަށް، އެޅުނު އެންމެ މުހިއްމު ފިޔަވަޅު ކަމުގައެވެ. އަދި އެއްވެސް ޤައުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯ ނުލަބައި ތިބެވޭނެ ޤައުމުތަކެއް ނޫންކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަޠުލު ޢާއްމުތައް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
20 May 2024
ޚަބަރު
މައްޗަންގޮޅި ގެއެއްގެ ބެލްކަނި ޝީޓުން ބައެއް މަގުމައްޗަށް ވެއްޓިއްޖެ
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އެގެއާ ގާތުގައި މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް އެކިވަރުގެ ގެެއްލުންތައް ލިބުނެވެ. މިހާދިސާ ހިނގާފައި ވަނީ މިރޭ ގައެވެ. ބެލްކަނިން ބައެއް ވެޓުނުގެ ހުންނަނީ މައްޗަންގޮޅި ސަހަރާގެ އިރުމަތިން އޮންނަ ދެވިނަ މަގުގައެވެ.
20 May 2024
ޚަބަރު
އީރާނުގެ ނައިބު ރައީސް ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފި
އީރާންގެ ޤާނޫނުތަކުގައި ވާގޮތުން، ރައީސް އަވަހާރަވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީ ގޮތެއްގައި ނުވަތަ ދާއިމީ ގޮތެއްގައި ނުކުޅެދިއްޖެ ނަމަ، ނައިބު ރައީސް ، ވަގުތީ ރައީސްގެ ގޮތުގައި ހަމަޖެއްސޭނެއެވެ. އަދި ނައިބު ރައީސް ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ގިނަ ވެެގެން 50 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި އައު ރައީސަކު ހޮވަންޖެހޭނެއެވެ.
20 May 2024
ޚަބަރު
ބަނޑޭރި ކޮށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި
މިމަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށީގައި މަރުވެފައި އޮއްވައި ފެނުނު އެމީހާ އާއި ގުޅޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެމީހާވެސް ފެނިފައި ވަނީ މަރުވެ ކުނިވެފައި އޮއްވައެވެ. ބަނޑޭރިކޮށީގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހަކީ، އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް މަޢާފްދެއްވައި މިދިޔަ އަހަރު ދޫކޮށްލާފައިވާ މީހެއް ކަމުގައި ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.
20 May 2024
ޚަބަރު
ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާކަން ފުލުހުން ކަށަވަރުކޮށްދީފި
އައިމަން އެގޭތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، މިއަދު 14:20 ހާއިރުގައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އާއްމު ބައެކެވެ. ފެނުނު އިރު ހަށިގަނޑު އޮތީ ކުނިވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
20 May 2024
ޚަބަރު
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ
މިއަދު، މ. ރަބީޢުވިލާ ގޭގެ ގްރައުންޑް ފްލޯގައި މަރުވެފައި އޮތް މީހަކު އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެމީހާ އާއި ގުޅޭ ތަފްސީލެއް ފުލުުހުން ހާމައެއް ނުކުރެއެވެ. މިއަދު ފުލުހުން ވަނީ މާލެއިން މިމަހުގެ 16 ވަނަ ދުވަހުންފެށިގެން ޒުވާނަކު ގެއްލިފައިވާތީ އޭނާ ހޯދުމަށްވެސް އާއްމު އިއުލާނެއް ކޮށްފައެވެ.
20 May 2024
ޚަބަރު
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮތް މީހާ ފެނިފައި ވަނީ މާފަންނު ގެއެއްގެ ގްރައުންޑް ފްލޯއިން ކަމަށެވެ.
20 May 2024
ޚަބަރު
މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ
އަޙްމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
20 May 2024
ޚަބަރު
ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ދޯނި، ރާއްޖޭގެ ބޭރު ކަނޑުން ފެނިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ އެދޯނި ފެނުނު ސަރަހައްދަށް ދިޔުމަށްޓަކައި ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ މިހާރު ދަތުރުކުރަމުންދާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދާ ދޯނި AAA-37 ދޯނި ފެނިގެން ރިޕޯޓްކޮށްފައި ވަނީ، ކަންނެލި މަސްވެރިކަން ކުރާ އުޅަނދެއް ކަމުގައިވާ އަސުރުމާ -3 އިންނެވެ. އަސުރުމާ-3 ދޯނިން ވަނީ، ގެއްލިގެން ހޯދާ AAA-37 ދޯނި ދަތުރުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އާއްމުކޮށްފައެވެ.
20 May 2024
ޚަބަރު
ރައީސީ އަވަހާރަވުމާއި ގުޅިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރައްވައިފި
ރާއްޖެއިން އީރާނާއި އެކު ޤާއިމްކޮށްފައި އޮތް ގުޅުންތައް، މެދުއިރުމަތީގެ މަޝްރަހަށް އައި ބަދަލުތަކާއި ގުޅިގެން 2016 ވަނަ އަހަރު ކަނޑާލާފައިވެއެވެ. އޭގެ ފަހުން ދިވެހިރާއްޖެއިން އަލުން އީރާނާއި އެކު ގުޅުންތައް ޤާއިމްކުރިކަން އިޢުލާނުކުރީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް، އދ. ގެ އާއްމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޚަލީލް އާއި އިރާނުގެ ފޮރިން މިނިސްޓަރ ޑރ. ހުސެން އާމިރު އަބްދުﷲ ހިއާން ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
20 May 2024
ޚަބަރު
އީރާނުގައި ޤައުމީ ހިތާމައިގެ 5 ދުވަސް އިއުލާނުކޮށްފި
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ އިތުރުން، އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ވަނީ އަވަހާރަވެފައެވެ. އަދި ހެލިކޮޕްޓަރުގެ ދެޕައިލެޓުންނާއި ކުރޫއިންވެސް ވަނީ މަރުވެފައެވެ.
20 May 2024
ޚަބަރު
އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލާމަތެއް ނުވޭ!
އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގަންނަވާނީ، ނައިބު ރައީސް މުޙައްމަދު މޮޚްބަރ އައްޔަނުކުރައްވާނެއެވެ. މީގެ އިތުރުން ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވަންވެސް ޤާނޫނުން ލާޒިމް ކުރެއެވެ.