ޚަބަރު
ޚަބަރު
29 May 2024
ޚަބަރު
މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ދިވެހި ފިރިހެނުން ހޯދަނީ
މާލޭ ސިޓި ކައުންސިލުން ބުނެފައިވާ ގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް 13 ދިވެހި ފިރިހެނުން ބޭނުންވެއެވެ. އެކައުންސިލުން އެ ވަޒީފާއަށް ފުރުޞަތު ހުޅުވާލާފައި ވަނީ އެއް އަހަރުގެ ކޮންޓްރެކްޓް ވަޒީފާއެއްގެ ގޮތުގައެވެ.
29 May 2024
ޚަބަރު
މިރެއިން ފެށިގެން އަނެއްކާވެސް ޤުނޫތު ކިޔަން ފަށަނީ
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، އިޒްރޭލު މީހުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޢުދުވާންތަކާއި ޤަޠުލްޢާއްމުތަކާއި ގުޅިގެން، ރާއްޖޭގެ މިސްކިތްތަކުގައި ފުރަތަމަ ޤުނޫތު ކިޔަން ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އޭގެ ފަހުން ފަރުޟު ހުރިހާ ނަމާދެއްގައި، ޤުނޫތު ކިޔަންފެށީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
29 May 2024
ޚަބަރު
ތިމާވެށީގެ ދާއިރާއިން ލިބޭ އެހީތައް މަދުުކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފާއިިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، ކޮޕްސަމިޓާއި، ޕެރިސް އެގްރީމެންޓާއި، ކްލައިމެޓް އެޖެންޑާގައިވެސް، މޫސުމީ ބަދަލުގެ ސަބަބުން ގެއްލުންތައް ލިބެމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް ބޮޑެތި ވަޢުދުތައް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ އެހީތަކުން ފާއިތުވި އަހަރުތަކުގައި ލިބިފައި ވަނީ ކުޑަ މިންވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
28 May 2024
ޚަބަރު
މަޖިލީހުގެ މެމްބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވުމަށް ކުރީގެ ރައީސް ޞާލިޙް އެދިވަޑައިގެންފި
ކުރީގެ ރައީސް ޞާލިޙްގެ ތަޙްނިޔާގެ މެސެޖުގައި ވިދާޅުވީ، މެންބަރުންނަށް ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވައި ޤާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ.
28 May 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އުއްމީދަކީ، މިފަހަރުގެ މަޖިލީހަކީ އެންމެ ޒިންމާދާރު މަޖިލީހަށް ވުން!
އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާއި ގުޅިގެން މެމްބަރުންނަށް މަރުޙަބާ ދަންނަވައި ފޮނުއްވެވި މެސެޖުގައެވެ.
28 May 2024
ޚަބަރު
ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މަޖިލީހުގެ ނައިބު ރައީސަކަށް ހޮވައިފި
މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި، އަޙްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އޭނާ އާއި ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. ބާޠިލް ވޯޓެއް ނެތް އިރު، ސައްޙަ ވޯޓުގެ އަދަދަކީ، 85 އެކެވެ. މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 92 މެމްބަރުންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަައެވެ.
28 May 2024
ޚަބަރު
ކުރިޔަށް އޮތް ތިން ދުވަހުވެސް މޫސުމް ގޯސްވާނެ - މެޓް
މެޓް އޮފީހުން ވިދާޅުވީ، ކުރިޔަށް އޮތް ތިން ދުވަހުވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން އާއްމު ގޮތެއްގައި 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ.
28 May 2024
ޚަބަރު
ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ އަދަދަށް އަބްދުއްރަޙީމަށް ވޯޓު ލިބި ވަޑައެއް ނުގަތް!
މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް ނެގި ސިއްރު ވޯޓުގައި ޕީއެންސީއާއި ސަރުކާރަށް ތާއީދު ކުަރައްވާ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، އެވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ހަމައެކަނި މެމްބަރަކީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމެވެ.
28 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ޢަބުދުއްރަހީމް ހޮވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ޢަބުދުއްރަޙީމާއި ވާދަކުރައްވާފައި ވަނީ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ.
28 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަބްދުއްރަޙީމާއި ނާޒިލްގެ ނަން ހުށައަޅައިފި
މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ފޮނަދޫ ދާއިރާގެ މެމްބަރު ޢަަބްދުއްރަހީމް ޢަބުދުﷲގެ ނަންފުޅު ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ. ތާއީދު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. މީގެ އިތުރުން އެމަޤާމަށް ޢަބުދުއްރަހީމް ހޮވުމަށް ތާއީދު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިޖިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްވެސް ހާމަކުރެއްވިއެވެ.
28 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކޮމިޓީއެއް ހޮވައިފި
މިކޮމިޓީއަށް ނަންތައް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ފަލާޙެވެ. އަދި އެހުށައެޅުމަށް ތާއީދު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއެވެ.
28 May 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވި މެމްބަރުން ހުވާކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވެފައިވާ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އައު މެންބަރުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން އެވެ.
27 May 2024
ޚަބަރު
ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެބިން ހެލުމުގެ ލޮޅުން މިރޭގެ، 08:27 ގައި ހދ. ހަނިމާދޫގައި ބަހައްޓާފައި ހުންނަ ބިން ހެލުން މޮނިޓަރ ކުރާ މީޓަރަށް ރެކޯޑް ކުރެވިފައިވާ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
27 May 2024
ޚަބަރު
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މީދޫ ދާއިރާގެ މެމްބަރު ސިޔާމް
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާުރެއްވުމާއިއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަމަށެވެ.
27 May 2024
ޚަބަރު
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ވޯޑެއް ހުޅުވައިފި
އެވުޒާރާއިން ވިދާޅުވި، އަލަށް ހުޅުވި މިވޯޑަކީ، ފަރުވާ ފުރިހަމަކޮށް ޢާއިލާތަކަށް އަނބުރާ ދިޔުމުގެ ކުރިން އިޖުތިމާޢީ އެކި ހުނަރުތައް އެފަރާތްތަކަށް ދަސްކޮށްދިނުމުގެ ގޮތުން ހުޅުވި ވޯޑެއް ކަމަށެވެ.
27 May 2024
ޚަބަރު
ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އެސްޓީއޯއިން ހެޔޮކޮށްފި
އެސްޓީއޯއިން ވަނީ، މިއަދުން ފެށިގެން އެކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 35 ލާރި، އަދި ޑީސަލް ލީޓަރަކުން 70 ލާރި އަގު ހެޔޮކޮށްފައެވެ. މިބަދަލާއި އެކު އެކުންފުނިން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ، 13.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 13.92ރ. އަށެވެ.