Advertisement

ފުލުހުންގެ މައި އިދާރާ --

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ލޯންޗު އެކްސިޑެންޓާއި ގުޅިގެން ކެޕްޓަން ހައްޔަރުކޮށްފި

މއަދު ހެނދުނު އދ. ދަނގެތީ ކައިރީގައި ލޯންޗަކުން ޖެހި ބިދޭސީ އަކު މަރުވި ހާދިސާ އަާއި ގުޅިގެން ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބިދޭސީ މީހާ މަރުވި އެކްސިޑެންޓް ހިނގި ލޯންޗު ދުއްވާފައި ވަނީ، ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރުގައެވެ. އެކްސިޑެންޓްގައި މަރުވި ބިދޭސީ މީހާއަކީ، ފާނަ ބޭނުމަށް މޫދުގައި އޮތް މީހެކެވެ. އޭނާ މަރުވީ، އެނާގެ ގައިމަތިން ލޯންޗު ގޮސް ލޯނޗުގެ ބުރަފަތީގައި ޖެހި ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، ބިދޭސީ މީހާ، ދަނގެތީ ސިއްޙީމަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުުވެފައި ކަމުގައި ފުލުހުންނަށް އެމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.