Advertisement

ރަސްމާލެ މަޝްރޫޢު ރަސްމީ ގޮތުން އިފްތިތާޙްކޮށްދެއްވުން -- ފައިލް ފޮޓޯ

30 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދެވޭނެ އިތުރު ގޮތްތަކެއް ހޯދަނީ!

މިސަރުކާރުން ހިންގުމަށް ކަނޑައެޅި އެންމެ ބޮޑު މަޝްރޫޢު، "ރަސް މާލެ" މަޝްރޫޢު ކުރިޔަށް ގެންެދެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ< ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު މިކަން ހާމަކުރެއްވީ، އެމަނިކުފާނުގެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، އެމަޝްރޫއުގެ މަސައްކަތް މަޑު ޖެހިފައި އޮތީ، އެންމެ ފުރަތަމަ އެމަސައްކަތް ކުރުމަށް ހަވާލުވި ކުންފުންޏަށް އެކަމަށް ބޭނުންވާ ފައިސާ ނުހޯދިގެން ކަމަށެވެ. އެހެންކަމުން އެމަޝްރޫޢު ކުރިޔަށް ގެންދެވޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެމަޝްރޫޢު އެންމެ ފުރަތަމަ ހުށައަޅާފައި އޮތީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ކަމަށްވީ ނަމަވެސް،  އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދައުލަތުގެ ބަޖެޓުން އެމަޝްރޫއަށް ބަޖެޓުގައި ހިމެނި ފައިސާ އުނި ކުރީކަމަށެވެ. އަދި މިހާރު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު، އަލުން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅައި އެމަޝްރޫޢަށް ބަޖެޓްކޮށް ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢެއްގެ ގޮތުގައި އެމަޝްރޫޢު ހިންގުމާއި ގުޅޭ ގޮތުން މިނިސްޓަރ އެއްޗެއް ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ކޮންޓްރެކްޓަރު ބޭނުންވޮގޮތަށް އެމީހުންނަށް ފައިނޭނެސް ހަމައެއް ނުޖެއްސުނީ ކަމަށާއި، އޭރު މުއްދަތު ކަނޑައެޅީ، އެވަގުތު ބޮސްކާލިސްގެ 2 ޑްރެޖަރު ރާއްޖޭގައި އޮތުމާއެކު އެ މުއްދަތުގައި ކުރިއަށްގެންދެވޭނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި އެމަޝްރޫޢު ކުރިޔަށް ގެންިޔުމަށް ސަރުކާރު މިހާރު ދަނީ އެހެން ގޮތްތަކެއް ހޯދަމުން ކަމަށާއި، އެގޮތަށް ކުރިއަށްގެންގޮސް މިއަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އެމަޝްރޫޢުގެ ދަށުން މިހާތަނަށް ހިއްކުނީ 10 ވަރަކަށް ހެކްޓަރެވެ. މަސައްކަތް މަޑު ޖެހުނު ފުރަތަމަ ދުވަސްކޮޅު ސަރުކާރުން ބުނެފައި ވަނީ، މަޝްރޫޢު މަޑުޖެހުނީ، ވެލިނަގަން ކަނޑައެޅި ސަރަހައްދުތަކުން އެކަށީގެންވާ ވަަރަށް ވެލި ލިބެން ނެތިގެން ކަމަށެވެ.

ރަސްމާލެ މަޝްރޫޢަކީ، މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އިއުލާނު ކުރި އެންމެ ބޮޑު މަޝްރޫޢެވެ. އެެހެން ނަމަވެސް އެމަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ހެދިދާނެ ކަމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.