Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު -

30 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޑްސް ކޮންފަރެންސްގައި ރާއްޖެއިން ހާޞިލްކުރަން ބޭނުންވި ކަންކަން ޙާޞިލްވި - ހީނާ

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ރާއްޖެއިން ޙާސިލްކުރަން ބޭނުންވި ކަންކަން ޙާޞިލްވެފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ރާއްޖެއިން އަދާކުރި ދައުރާއި އަދި ރާއްޖެއިން ހުށައެޅި ކަންކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ނޫސްކޮންފަރެންސެއް ބާއްވާފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ ސިޑްސް ކޮންފަރެންސްއަކީ ވަރަށް ކާމިޔާބު ކޮންފަރެންސްއެއް ކަމަށެވެ.

ހީނާ ވިދާޅުވީ، ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވިކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިކަން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ސިޑްސް ކޮންފަރެންސްގެ ތެރޭގައި ދެއްވުމަށް ހަމަޖައްސަވާފައި އޮތް ހަތް ސްޓޭޓްމެންޓްވެސް ދެއްވާފައި ވާކަމަށެވެ. 

"މިއިން ކޮންމެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ކޮންމެ ވާހަކަފުޅަކީވެސް ހަމަ ޙަޤީޤަތުގަިއވެސް ދިވެހިރާއްޖެއަށް މިހާރު މިކުރިމަތިވަމުންދާ ދަތިތަކާއި އަދި ހަމަ އެހެންމެ، އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ފޯކަސް ކުރަން މިބޭނުންވާ އޭރިޔާތަކަށް،  އެކިއެކި އެހީތައް ހޯދުމާއި ބެހޭ ގޮތުންނާއި، އަދި އަޅުގަނޑުމެންގެ އަޑު ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި އުފުލުމަށްޓަކައި، ދިވެހިރައްޔިތުން އިސްކޮށް، ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި އެންމެ ފައިދާހުރި ގޮތަށް ކަންތައްތައް ކުރުމަށްޓަކައި، ބޭނުންވާ އެހިތެރިކަމާިއ އެއްބާރުލުމާއި، އަދި އޭގެ ސަޕޯޓް ހޯދުމަށްޓަކައި، ދެކެވުނު ވާހަކަތަކެއްކަން އަޅުގަނޑު ފާހަގަ ކުރަން."

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު

މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ޤައުމުތަކުގެ އިސްވެރިންނާއި، އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއިވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވިވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެމަނިކުފާނު މިރޭ މާލެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.