Advertisement

ގުޅިފަޅު --

29 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވި މީހުން އިތުރުވެ ގުރުއަތުލަނީ

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގައި ގޯތި ބަދަލުކުރަން ހުށައެޅި ފަރާތްތަކުގެ އަދަދު އިތުރުވެފައިވާތީ، އިތުރުވި ކެޓަގަރީތަކުން ގޯތި ބަދަލުކުރުމަށް ގުރުއަތު ނެގުމަށް ނިންމާފައިވާ ކަމުަގައި،  މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރުކަމަށެވެ. އެހެން ކަމުން އެފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިއުލާންކުރެވުނު ގޯތީގެ އަދަދާއި ގޯތި ބަދަލުކުރުމަށް ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިޢާޔަތްކޮށް، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައި ވާތީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލުން ނޯންނާނެކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގުޅިފަޅުން ދޫކޮށްފައިވާ ގިރާވަރުފަޅުން ދޫކޮށްފައިވާ، 1250 އަކަފޫޓުގެ 196 ގޯއްޗެއް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލުމުން 1093 ގޯތި ބަދަލުކުރުމަށް އެދި ހުށައަޅާފައިވެއެވެ. އަދި 1650 އަކަފޫޓުގެ 663 ގޯތި ބަދަލުކުރުމަށް ހުޅުވާލުމުން، 880 ގޯތި ބަދަލުކުރުމަށް ހުށައަޅާފައިވެއެވެ. މީގެ އިތުރުން އަނެއް ދެކެޓަގަރީން ގޯތި ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތުގައި ބަދަލުކުރުމަށް އެދި ހުށައަޅާފައި ވަނީ، ކަނޑައަޅާފައިވާ އަދަދަށް ކަމުގައިވެސް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވީ، ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީވެސް ގުރުއަތުލައިގެން ކަމަށްވާތީ، އެ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އެ މިނިސްޓްރީން ފަހުން އިޢުލާނެކުރާނެކަމަށެވެ. އެމިނިސްޓްރީން އަންގާރަ ދުވަހު ވަނީ، ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށައެޅި ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.