Advertisement

ހުޅޫމާލޭގައި ހުންނަ މަސްޖިދުއްރަޝީދު --

29 May 2024
ޚަބަރު
ޢަލީ ސުލައިމާން

މިރެއިން ފެށިގެން އަނެއްކާވެސް ޤުނޫތު ކިޔަން ފަށަނީ

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުންތުންގެ ރައްކާތެރިކަމަށް އެދި، ރާއްޖޭގެ މިސްކިތްތަކުގައި އަލުން ޤުނޫތު ކިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މިއަދު މިސްކިތްތަކުގެ އިމާމުންނަށް މިނިސްޓްރީ އެކަން އަންގާނެ ކަމަށެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، މުސްލިމުންނަކީ އެއް ހަށިގަނޑެއްކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާ އެކު ދުއާ ކުރަންވީ ވަގުތުކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމާފައި ވަނީ، މިރެއިން ފެށިގެން ޖަމާޢަތުގައި ކުރެވޭ، މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، އިޒްރޭލު މީހުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޢުދުވާންތަކާއި ޤަޠުލްޢާއްމުތަކާއި ގުޅިގެން، ރާއްޖޭގެ މިސްކިތްތަކުގައި ފުރަތަމަ ޤުނޫތު ކިޔަން ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި އޭގެ ފަހުން ފަރުޟު ހުރިހާ ނަމާދެއްގައި، ޤުނޫތު ކިޔަންފެށީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމާއި ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަރުޟު ފަސްނަމާދުގައި ކިޔަން ފެށި ގުނޫތު ކިޔުން ހުއްޓާލީ، މިސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި، މިއަހަރުގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭގެ މަޣުރިބު ނަމާދުން ފެށިގެންނެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކުގައި ވަނީ، 35000 ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ލައްކައެއްހާ މީހުން ޒަޚަމްކޮށްލާފައެވެ.

މީގެ އިތުރުން އިޒްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ރަފަޙްއަށް އަލިފާން ބޮންއަޅައި، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ، ނިދާފައި ތިއްބައި، ދިރިތިއްބައި އަންދާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.