ޚަބަރު
ޚަބަރު
05 Jun 2024
ޚަބަރު
އިންޑިއާގެ އާއްމު އިންތިޚާބުގައި ބީޖޭޕީން ހޯދި ކާމިޔާބަށް ރައީސާއި ނައިބު ރައީސް މަރްހަބާ ވިދާޅުވެއްޖެ
04 Jun 2024
ޚަބަރު
ގޯތިތައް ހަވާލުކުރުން ލާޒިމް ކުރި ބިލް މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން ބާޠިލްކޮށްލައިފި
ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. އަދި އެބިލް ތަސްދީޤު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ލެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވިތާ 4 ދުވަސްފަހު ހުސްވި މެއި މަހުގެ 17 ވަނަ ދުވަހުގައެވެ.
04 Jun 2024
ޚަބަރު
ސިވިލްސަރވިސް ކޮމިޝަނަށް، ފާޠިމަތު ޙަބީބާ ޢައްޔަނުކުރަައްވައިފި
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ.
04 Jun 2024
ޚަބަރު
އަބްދުއްރަހީމާއި ރިޒާ ޖޭއެސްސީއަށް އައްޔަނުކުރައްވައިފި
މިދެބޭފުޅުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް, އައްޔަނުކުރައްވައި މެމްބަރު ކަމުގެ ހުވާކުރެއްވުމާއި، މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
04 Jun 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެމްބަރުން ކަނޑައަަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ފަސް މެމްބަރުން ކަނޑައެޅުމަކީ، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން 5 މެމްބަރުން ކަނޑައަޅުއްވައި އިޢުލާނު ކުރެއްވުމަކީ މަޖިލީހުގެ ރިޔާސަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. އެހެން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މެމްބަރުންގެ ނަންތައް ތަރުތީބުން އިއުލާން ކުރައްވާފައެވެ.
04 Jun 2024
ޚަބަރު
މީހުންގެ އަތުން ފޭރޭ ގުރޫޕެއް އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހިޔާގެ އެއްވަނަ ޓަވަރު ކައިރީގައި، މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގައި އެކަމަށެވެ.
04 Jun 2024
ޚަބަރު
މާލޭގައި ރޭ މީހަކު ގަސްދުގައި ސައިިކަލްތަކެއްގައި ރޯކޮށްލައިފި
ރޯކޮށްލާފައި ވަނީ، މެދު ޒިޔާރަތް މަގުން ހޮޓެލް ޖެން އާއި ކައިރީގައި ހުރި ސައިކަލުތަކެއްގައި ކަމަށް ފުލުހުން ބުނެފައި ވާއިރު، އެސަރަހައްދުގައި މަޖިލިސް އިދާރާގެ އުތުރުފަރާތަށް ވާ ގޮތަށް އޮންނަނީ ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރާ ޕާކިން ޒޯނެކެވެ.
03 Jun 2024
ޚަބަރު
ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާއަށް ހުޅުވާލުމުން ފުރަތަަމަ 24 ގަޑިއިރުގެ ތެރޭގައި 6000 ވުރެ ގިނަ ޝަކުވާ ހުށައަަޅައިފި
ސްޓްލްކޯއިން ވިދާޅުވީ، ހޯމަ ދުވަހުގެ މެންދުރާއި ހަމައަށް ފޯނުން 659 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށާއި، އެކުންފުނީގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް، 6135 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި ހުރިހާ ޝަކުވާތަކަކަށްވެސް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
03 Jun 2024
ޚަބަރު
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެޖޯރިޓީއާ މުޤައްރިރުކަން ސަރުކާރު ހިންގާ ޕާޓީއަށް!
އެކޮމިޓީގެ މުޤައްރިރަކަށް ހޮވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، މުޙައްމަދު އިސްމާޢީލެވެ. ނައިބު މުޤައްރިރަކަށް ހޮވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރެވެ.
03 Jun 2024
ޚަބަރު
މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަށް ޤާސިމް އިބްރާހީމަށް!
ޤާސިމް އިބްރާހީމް މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވާއިރު، އެކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ، ޕީއެންސީގެ މެމްބަރު ޢަޙްމަދު ސަލީމެވެ. މާލިއްޔަތު ކޮމިޓީގައި، 11 މެމްބަރުން ތިއްބަވާއިރު އެކޮމިޓީގެ މެޖޯރިޓީވެސް އޮތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށެވެ. އެކޮމިޓީގައި ހިމެނިވަޑައި ގަންނަވަނީ، ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމް.ޑީ.ޕީގެ ދެ މެމްބަރުންނާއި، ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ 8 މެމްބަރުންނެވެ.
03 Jun 2024
ޚަބަރު
އަސްކަރީ ރަސްމީ އިއްޒަތުގައި ޒައިދާންގެ ޖަނާޒާ ބާއްވައިފި
ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައި ކަމަށާއި، މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.
03 Jun 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުގެ ގޮތުގައި ރިޒާއަށް ރުހުންދީފި
މެމްބަރު ރިޒާ އެމަޤާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްަފައި ވަނީ، 83 މެމްބަރުންގެ އިއްތިފާޤުންނެވެ.
03 Jun 2024
ޚަބަރު
މާލެއިން މުދާ ބަރުކޮށްގެން ދިޔަ ބޯޓެއް، ށ. ބިލަތްފަހި ބަނދަރު ތެރެއަަށް އަޑިޔަށް ހިނގައްޖެ
އެމްްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގީ އެބޯޓު ބިލަތްފަހީ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ހިލަ ތޮށީގައި ޖެހި ބަނޑުފިލާ ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ. އަދި އެބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް، ކުޅުދުއްފުށީގައި ޤާއިމްވެ ތިބޭ ސިފައިން އެރަށަށް ގޮސްފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.
03 Jun 2024
ޚަބަރު
މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ނިޔާވި ޒުވާނާގެ ޖަނާޒާ ބޭއްވުމަށް ހަށިގަނޑު އުނގޫފާރަށް ގެންގޮސްފި
އުނގޫފާރުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަށުކަމާއި ކެމީގެ ކަންކަމަށް ފަހުގައި މޫނު ދެއްކުން ކުރިޔަށް ދާނީ، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ. މޫނުދެއްކުން އޮންނާނީ މިއަދުގެ މެންދުރު ފަހު 13:00 އިން 15:00އަށެވެ. އަދި ޒައިދާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.
03 Jun 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލު ކުރެއްވުމުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
02 Jun 2024
ޚަބަރު
ސިފައިންގެ ތަމްރީން ހަދަމުން ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެއްޖެ
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު އެޒުވާނާއަަށް މިޔަރެއް ހަމަލާދީފައި ވަނީ، މޫދުގެ ތަމްރީންތަކުގައި މޫދުގައި އުޅެނިކޮށެވެ. މިޔަރުގެ ހަމަލާގައި އޭނާގެ ފައި ވަރަށް ބޮޑަށް ޒަޚަމްވިކަމަށް އެނގިފައިވެއެވެ.