ޚަބަރު
ޚަބަރު
12 Jun 2024
ޚަބަރު
މަސްވެރިން މުޒާހަރާއަށް ނުކުމެއްޖެ
މިއަދު ހެނދުނުން ފެށިގެން މަސްވެރިން ޚާއްޞަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަުން ދަނީ، ސަރުކާރާއި ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑު އުފުަލަމުންނެވެ. ހުޅުމާލެ ކަންނެލި ޖެޓީގައި އަޅާފައިވާ ހުރިހާ މަސްވެރި އުޅަނދުތަކުގައިވެސް ވަނީ، ޝުއޫރުތައް ފާޅުކޮށް ބެނާ ދަމައި ދިދަތައް ނަގާފައެވެ.
12 Jun 2024
ވިޔަފާރި
ނުރައްކާތެރި މާއްދާއެއް އެކުލެވޭތީ ތައިލެންޑްގެ ބޭސްތަކެއް މަނާކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ، ސެވެން ސްޓަރސް ފާމަސޫޓިކަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ 15 ބޭހެކެވެ. އެބޭސްތައް ބޭނުން ކުރުމާއި، ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، އެބޭސްތަކުގައި، ބޭނުންކޮށްފައިވާ، ސަބިޓޮލް (އެކްސީޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ، ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެބޭސްތައް ބޭނުންކުރުން މަނާކޮށް އަދި ވިއްކުން މަނާކޮށް އެޅިފިޔަވަޅުތަކާއި ގުޅިގެންނެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އެބޭސްތަކުގައި ދިމާވި މައްސަލަތައް ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާކޮށްފައިވާ ކަމަށެވެ.
12 Jun 2024
ޚަބަރު
ފަލަސްޠީނު ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އަދަދު 50 ހާސް ޑޮލަރަށް ބޮޑު ކުރެއްވުމަށް ނިންމަވައިފި
ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް, ފަންޑަށް މިހާތަނަށް ރާއްޖެއިން ދެމުން އައީ އަހަރަކު 5000 ޑޮލަރުގެ އެހީއެކެވެ. އެހެން ނަމަވެސް އެއަދަދު 10 ގުނައަށް އިތުރު ކުރައްވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.
12 Jun 2024
ޚަބަރު
މިއަދަކީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައި ދިވެހިން ތިބިކަން ހާމަކޮށްދޭންވީ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
12 Jun 2024
ޚަބަރު
ބިން ހިއްކުން ކުރިޔަށް ގެންދަން އަލުން ހުއްދަ ދީފި
އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ވަނީ ދަށަށްދާން ފަށާފައެވެ. އަދި ގައު ހުދުވުމުގެ މައްސަލަ އާއި ގުޅިގެން ނެރެފައިވާ އެލާޓް ލެވެލްވެސް ވަނީ ދަށްކޮށްފައެވެ.
11 Jun 2024
ޚަބަރު
ރާއްޖެއަށް ކުރިއަށްވުރެވެސް ރަނގަޅަށް އިންޑިއާއިން ކަންތައްތައް ކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ މުހިއްމު ދަތުރުފުޅުތަކުގައި އެދަތުރުފުޅުތައް ނިންމަވާލެއްވުމަށްފަހުގައި، ރާއްޖޭގެ މީޑިއާތަކާއި ބައްދަލު ކުރެއްވި ނަމަވެސް، މިދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބަސްދީގަތުމެއް ދެއްވީ ހަމައެކަނި، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށެވެ.
11 Jun 2024
ޚަބަރު
އިންޑިއާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން, ހާމަކުރައްވާފައިވާ ގޮތުގައި، ރައިސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ، އިންޑިއާގެ ރައީސާއި އަދި އިންޑިއާާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުއާއި ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެހެން ނަމަވެސް އިންޑިއާގެ ބޮޑު ވަޒީރުގެ މަޤާމާއި ތިންވަނަ ދައުރަކަށް ހުވާކުރެއްވި އިންޑިއާގެ ބޮޑު ވަޒީރާއިއެކު ރަސްމީ ބައްދަލުވުމެއް ބޭއްވި މަޝްވަރާކުރެވުނު ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
10 Jun 2024
ޚަބަރު
ޢަމީރުލްޙައްޖުގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ހައްޖަށްވަޑައިގެންފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން އެންމެ ފަހުގެ ގުރޫޕްގައި ހިމެނޭ ފަރާތްތަކުން ޖިއްދާއަށް ގޮސްފައި ވަނީ މިރޭގައެވެ. މީގެ ތެރޭގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ހިމެނިވަޑައިގަންނަވައެވެ.
10 Jun 2024
ޚަބަރު
އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ރައީސް ޑރ. މުއިއްޒު އިންޑިއާގެ ރައީސާއަށް ދަންނަވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
10 Jun 2024
ޚަބަރު
ކުރީގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ދީފި
މިއަދު ރައްޔިތުންގެ މަޖިލީހުގައި އެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ދީފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އުޝާމަށް ރުހުންދޭން ފެންނަކަމަށް 87 މެމްބަރުން ވޯޓު ދެއްވިއެވެ.
10 Jun 2024
ޚަބަރު
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ބަނޑޮހުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.
10 Jun 2024
ޚަބަރު
އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމުގެ ބިލް މަޖިލީހަށް ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ހުށައެޅުއްވި މިބިލް މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 88 މެމްބަރުން ވޯޓު ދެއްވިއެވެ.
10 Jun 2024
ޚަބަރު
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގައި ޚިޔާލުތަފާތުވުން ދޫކޮށްލައި އެކުގައި މަސައްކަތް ކުރުމަށް މީކާއީލް ގޮވާލައްވައިފި
ބިލް ހުށައެޅުއްވި މެމްބަރަށް ބިލާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެއްވި ފުރުޞަތުގައި މީކާއީލް ވިދާޅުވީ، އެބިލް ހުށައެޅުއްވުމުގެ ބޭނުމަކީ، އިޒްރޭލާއި ދެކޮޅަށް ރާއްޖެއިން، ރާއްޖެއަށް ތަންފީޒް ކުރެވޭނެ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގައި އިޒްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި ޤަޠުލުޢާއްމު ފާހަގަކުރައްވާފައި ވެއެވެ.
10 Jun 2024
ޚަބަރު
އިންޑިއާގެ ރައީސާ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންފި
މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
10 Jun 2024
ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓަރންޝިޕް ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓަރންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.
10 Jun 2024
ޚަބަރު
ތޮއްޑޫ ހޭޅީގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޮއްޑޫ ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭގެ، 21:29 ހާއިރުގައި ކަމަށެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.