Advertisement

ރަސްމާލެ ބިން ހިއްކުން ---

12 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ބިން ހިއްކުން ކުރިޔަށް ގެންދަން އަލުން ހުއްދަ ދީފި

ރާއްޖެގެ ފަރުތަކަށް ދިމާވަމުން އަންނަ ގާ ހުދުވުމުގެ މައްސަލަތަކާއި ގުޅިގެން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑު ޖައްސާލުމަށް އެންގި އެންގުން އުވާލައިފިއެވެ.

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ޢުމުރާނީ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އެންގީ ހުސްވި މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިގޮތުން މަޝްރޫޢުތައް މަޑުޖައްސާލުމަށް އަންގާފައި އޮތީ ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަަމައަށެވެ. އެމުއްދަތު ހޯމަ ދުވަހަށް ހަމަވުމާއި އެކު ފިޔަވަޅުތައް އުވާލާފައިވާ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ވަނީ ދަށަށްދާން ފަށާފައެވެ. އަދި ގައު ހުދުވުމުގެ މައްސަލަ އާއި ގުޅިގެން ނެރެފައިވާ އެލާޓް ލެވެލްވެސް ވަނީ ދަށްކޮށްފައެވެ.

ރާއްޖޭގެ ފަރުތަަކަށް ދިމާވަމުން އައި ގައު ހުދުވުމުގެ މައްސަލަ އާއި ގުޅިގެން އެއްމަސްދުވަހުގެ މުއްދަތަށް ވަނީ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.