Advertisement

ބަންޑާރަ ނައިބު އަޙްމަދު އުޝާމް --

14 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މިދައުރުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް 213 ބިލެއް ހުށައަޅާނެ

މިދައުރުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 213 ބިލެއް ހުށައަޅުއްވާނެ ކަމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބަންޑާރަ ނައިބުގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ގުޅޭ މައުލޫމާތުތައް ހާމަކުރައްވާފައެވެ. އިއްޔެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއްމުކޮށް ޝާއިއު ކުރައްވާފައި ވާއިރު، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި، 213 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައި ވަނީ، 15 ދާއިރާއަކުން ކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

މިގޮތުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ދުސްތޫރީ އަދި ޤާނޫނީ ދާއިރާ، ދައުލަތް ހިންގުމުގެ ދާއިރާ، ޙައްޤުތަކާއި މިނިވަންކަމުގެ ދާއިރާ، އިސްލާމީދާއި ޤައުމިއްޔަތުގެ ދާއިރާ، އަދި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާތައް ހިމެނެއެވެ. 

މީގެ އިތުރން ކޮރަޕްޝަން ހުއްޓުވުމާއި، އާއިލާ އާއި މުޖުތަމަޢު އަދި ސިއްޙަތާއި ދުޅަހެޔޮކަމާއި ތިމާވށީގެ އިތުރުން، ވިޔަފާރިއާ އިޤުތިޞާދުގެ ދާއިރާ ހިމެނެއެވެ. އަދި ފައިސާ އާއި މާލީ ކަންކަމާއި ބިމާއި މުދަލާއި ޢުމުރާނީ ތަރައްޤީގެ އިތުރުން ދަތުރުފަތުރާއި މުވާޞަލާތާއި، ތަޢުލީމާއި މަސައްކަތްތެރިކަމުގެ ދާއިރާގެ އިތުރުން، ޒަމާނާއި ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާޙް ކުރަންޖެހޭ ޤާނޫނުތައް އިސްލާޙް ކުރުންވެސް ލެޖިސްލޭޓިވް އެޖެންޑާގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.