Advertisement

ސްޓެލްކޯއިން ފަލަސްޠީނު ފަންޑަށް ފައިސާ ހަދިޔާކުރުން --

13 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ޓެލެތޯނަށް 14.8 މިލިޔަން ރުފިޔާ ލިބިފަިއވާ ކަމުގައި އެކުންފުނިން ބުނެފި

'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި އިއްޔެ ކުރިޔަށް ގެންދިޔަ ޓެލެތޯނަށް 14.8 މިލިޔަން ރުފިޔާ ލިބިފަިއވާ ކަމުގައި ޕީއެސްއެމްއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި، އެއަދަދަކީ، ރޭގެ މެންދަމު 1:15 އާއި ހަމައަށް ލިބުނު ފައިސާއެވެ. މިޓެލެތޯނުގައި އޮންލައިން ބޭންކް ޓްރާންސްފަރ އިން ފައިސާ ހަދިޔާ ކުރުމަށާއި، އަދި ފަންޑު ފޮށިތަކަށް ފައިސާ ހަދިޔާކުރުމަށް ހުޅުވާލާފައިވެއެވެ.

ޕީއެސްއެމްއިން ބުނީ، ފަންޑުފޮށިތަކުން، 723،948ރ. އާއި 1343 ޑޮލަރާއި 81 ޔޫރޯ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ އާއި، 33950 ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާ ކަމުގައިވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ. މީގެ އިތުރުން ކުންފުނިތަކާއި އޮފީސްތަކުން އަދި ވިޔަފާރިތަކުން ފަންޑަށް އެހީގޮތުގައި ދިންފައިސާ ހިމެނެއެވެ.

ޕީއެސްއެމްއިން ބުނީ، ބޭންކް ޓްރަންސްފަރ މެދުވެރިކޮށް ފަންޑަށް ފައިސާ ޖަމާކުރުމަށް މިއަދު އިރު އޮއްސި 6:00 އާއި ހަމައަށް ފުރުޞަތު އޮންނާނެ ކަމަށެވެ.

'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި އިއްޔެ ކުރިޔަށް ގެންދިޔަ ޓެލެތޯނަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ޕީއެސްއެމްއިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.