ޚަބަރު
ޚަބަރު
09 Jun 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނިއުދިއްލީއަށް ވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
09 Jun 2024
ޚަބަރު
ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
08 Jun 2024
ޚަބަރު
ދިވެހި ކަނޑުތަކަކީ، އިޤްތިޞާދަށް އޮތް އެންމެ ބޮޑު އުންމީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަހެވެ. މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ.
08 Jun 2024
ޚަބަރު
އިންޑިއާގެ ދައުވަތުން ދެޤައުމުގެ ގުޅުން ހުރީ ރަނގަޅު މިސްރާބަކަށް ކަން ރަމްޒްކޮށްދޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އިންޑިއާ ސަރުކާރުން ފޮނުއްވެވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު މަޤާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި، އަދި ދެޤައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
08 Jun 2024
ޚަބަރު
އިންޑިއާ ސަރުކާރުން ދެއްވި ދައުވަތު ރައީސް ޤަބޫލުފުޅު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކަމަށެެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
08 Jun 2024
ޚަބަރު
އުނގޫފާރުގައި ކަރަންޓްގައި ޖެހުނު ކުޑަކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ
މިހާދިސާގައި ނިޔާވީ، ރ. އުނގޫފާރު، ދޫނިހުރާ ، ހުސައިން އަތީކް (18އ)އެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ރ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފަށާފައި ވަނީ، އޭގެ ތިން ދުވަސް ފަހުން، މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.
07 Jun 2024
ޚަބަރު
ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ފޮނުވާ މީހުން ފުރައިފި
މިއަހަރު 50 މީހުން ހައްޖަށް ފޮނުއްވާފައިވާ އިރު، އޭގެ ތެރެއިން 2 މީހަކު ވަނީ، ކުރިން މައްކާއަށް ގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން، 667 މީހުންނަކީ، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ކަނޑައެޅި ޝަރުޠުތައް ފުރިހަމަވާ މީހުންނެވެ.
07 Jun 2024
ޚަބަރު
ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް އަޑިޔަށް ހިނގައްޖެ
ދޯނި ދިޔަވުމުގެ މިހާދިސާ ހިނގީ، އެދޯނި ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައިޖެހިގެންކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގަވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
07 Jun 2024
ޚަބަރު
އީދު ބަންދު މެދުކެނޑުނަ ނުދިނުމަށް ޖޫން 20 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވެފައި ވެއެވެ.
06 Jun 2024
ޚަބަރު
ރާއްޖެއިންވެސް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި
ރާއްޖޭގައި ޢަމަލު ކުރަމުން އައި ކަލަންޑަރުގައިވާ ގޮތުން މާދަމާއަކީ ޛުލްޤައިދާ މަހުގެ 30 ވަނަ ދުވަހެވެ. އެހެން ނަމަވެސް މިއަދު އިރު އޮއްސުނު އިރު ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދުތަކަށް ހަނދުފެނި، ސަޢޫދީ ސަރުކާރުން މިހިނގާ 1445 ވަނަ އަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ، މިޖޫންމަހުގެ 7ވާ ހުކުރު ދުވަސް ކަމުގައި ކަނޑައެޅުމާއި ގުޅިގެން އެގޮތަށް ރާއްޖެއިންވެސް ޢަމަލު ކުރުމަށް ވަނީ ނިންމަވާފައެވެ.
06 Jun 2024
ޚަބަރު
އިއްޔެ މަރުވި 9 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން އައިޖީއެމްއެޗުން އެތެރޭގެ ތަޙްޤީޤެއް ހިންގަނީ
ކުއްޖާގެ މަރު ފޯމްގައި ޑޮކްޓަރުން ލިޔެފައި ވަނީ މަރުގެ ސަބަބެއް ނޭނގޭކަމަށެވެ. އެހެން ނަމަވެސް ކުއްޖާގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ލޭ ގެ ރިޕޯޓްތަކުން، ކުއްޖާގެ ހަށިގަނޑުގައި ޕޮޓޭސިއަމް ހުރި ލެވެލް ފުރާނައަށް ނުރައްކާވާ ވަރަށް މަތިވެފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
06 Jun 2024
ޚަބަރު
އެޗްއާރްސީމްއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، އެއޮފީހުން ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމުގައިވެސް އެއޮފީހުން ވިދާޅުވިއެވެ.
06 Jun 2024
ޚަބަރު
މަޖިލިސް ކުރާގޭ ކައިރީގަ އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލިސް ކުރާގޭގެ އުތުރުން ހޮޓެލް ޖެން އާއި ކުރީގެ ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތާއި ދެމެދު އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ރޯކޮށްލާފައި ވަނީ، ހޯމަ ދުވަހުގެ ރޭ މެންދަމުން އަލިވީ ފަހުންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް މެންދަމުން އަލިވެ 3:03 ގައި ކަމަށެވެ.
06 Jun 2024
ޚަބަރު
ފުވައްމުލަކު ކައިރިއަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި ވަނީ، އުމުރުން 70 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ ޑައިވް ނިމިގެން ދޯންޏަށް އެރިފަހުން ހާލު ދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދުގެ 11:26 ގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
06 Jun 2024
ޚަބަރު
ޑެންގޫ ހުން ޖެހިގެން 9 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެ
ނޫން.އެމްވީއަށް އެނގިފައިވާ ގޮތުގައި ޑެންގޫހުން ޖެހުނު އެކުއްޖާ ނިޔާވީ ހާލު ދެރަވެ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރުގައެވެ. ކުޑަކުއްޖާގެ ހާލު ދެރަވެގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު ކަމުގައި އެނގިފައިވެއެވެ.
05 Jun 2024
ޚަބަރު
ސްޓެލްކޯގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުމެއް ނުވޭ: ފަޙްމީ
ފަޙްމީ ވިދާޅުވީ، ސްޓެލްކޯގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުންފުޅު ނުވާކަމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްނަގައިގެން ސްޓެލްކޯއިން މަސައްކަތް ކުރަމުން ދަނީ އެހެންވެ ކަމަށެވެ.