Advertisement

އއ. ތޮއްޑޫ --

10 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ތޮއްޑޫ ކައުންސިލް އިދާރާއަށް ގާއުކި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފި

މިމަހުގެ 5 ވަނަ ދުވަހު، އއ ތޮއްޑޫގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި، ތޮއްޑޫ ކައުންސިލް އިދާރާއަށް ގާއުކި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ހައްޔަރިކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން ކަމަށާއި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މި ޖޫން މަހުގެ 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރިއަށް މީހުން އެއްވެ މުޒާހަރާކޮށްފައި ވަނީ އެރަށުގެ ދަނޑުވެރިންގެ އަތުން ދަނޑުބިންތައް އަތުލަން އުޅޭ ކަމަށް ބުނެއެވެ. އެދުވަހުގެ މުޒާހަރާގައި، މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ، ހަމަނުޖެހުން ހިންގައި ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގައު އުކާފައެވެ. އަދި ހަމަނުޖެހުންތައް މައިތުރު ކުރުމަށް އުޅުނު ފުލަހަކަށްވެސް އެދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އަނިޔާވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.