Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ސަލާމް ކުރައްވަނީ ---

11 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ކުރިއަށްވުރެވެސް ރަނގަޅަށް އިންޑިއާއިން ކަންތައްތައް ކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ތެރެއިން، ރާއްޖެ އަށް ރަނގަޅު ކަންތައްތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ވުރެ ވެސް ރަނގަޅުވެގެން ދާނެ ކަމަށް ޔަގީންކުރައްވާކަމުގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދަޢުވަތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުން، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ މުހިއްމު ދަތުރުފުޅުތަކުގައި އެދަތުރުފުޅުތައް ނިންމަވާލެއްވުމަށްފަހުގައި، ރާއްޖޭގެ މީޑިއާތަކާއި ބައްދަލު ކުރެއްވި ނަމަވެސް، މިދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބަސްދީގަތުމެއް ދެއްވީ ހަމައެކަނި، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ މީޑިއާއަށް ދެއްވި ކުރު ބަސްދީގަތުމުގައި، ވިދާޅުވީ އެދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އަދި ވަރަށް ރަނގަޅު ދަތުރެއް ކަމަށެވެ.

"ވަރަށް އުފާކުރަން، އަޅުގަނޑަށް މިދައުވަތު ދެއްވި ކަމަށްޓަކައި، އިންޑިއާގެ ބޮޑު ވަޒީރަށް. އަދި މިދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެވުނީމާ، އަދި ބައްދަލުވުން ތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އިންޑިއާގެ ބޮޑުވަޒީރާއި، ރައީސާއި، އަދި ޖައިޝަންކަރާއިވެސް ބައްދަލުވި. ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅުކަންތައްތައް ކުރިޔަށް އޮތް ތާނގައި، ދެގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެން ދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- 

ރައީސުލްޖުމްހޫރިއްޔާގެ މިބަސްދީ ގަތުމުގައި ވިދާޅުވީ، ދިވެހިރާއްޖެއަށް އެންމެ ރަނގަޅުގޮތަށް އަދި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ގޮތަށް، ދެޤައުމުގެ ގުޅުމުގެ ތެރެއިން، ކަންކަން ފަހިވެގެން ދާނެ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހު ހެނދުނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.