ޚަބަރު
ޚަބަރު
02 Jun 2024
ޚަބަރު
ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮގްރާމް ފަށައިފި، ފުރަތަމަ ސްކޫލަކަށް މާފުށީ ސްކޫލް
މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، މާފުށީ ކައުންސިލުން އިސް ނަގައިގެން، އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މާފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާފުށީ ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިންމާނެއެވެ.
01 Jun 2024
ޚަބަރު
ހުޅުމާލޭގައި ސިވިލްކޯޓު ހިންގި އިމާރާތަށް ކްރިމިނަލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކޮށްފި
ކްރިމިނަލް ކޯޓުން ވިދާޅުވީ، 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީ އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ގެއްލުން ވުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ 1 ޝަރީޢަތްކުރާ މާލަމުގައި ކަމަށެވެ.
01 Jun 2024
ޚަބަރު
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް މިއަހަރު ފާހަގަ ކުރަނީ
ނޫސްވެރިންގެ މިބައްދަލުވުމުގައި، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، އެމިނިސްޓްރީން ރާވާފައި ވަނީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން އެހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
01 Jun 2024
ޚަބަރު
ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާތައް ހުށައެޅުމަށް ސްޓެލްކޯއިން އެދިއްޖެ
ސްޓެލްކޯއިން މިއަދު ވަނީ ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާތައް އެކުންފުނީގެ ނަމްބަރު، 7788438 އަށް ނުވަތަ، އެކުންފުނީގެ އީމެއިލް [email protected] އަށް ހުށައެޅުމަށް އެދިފައެވެ.
01 Jun 2024
ޚަބަރު
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މައްކާއަށް ހިނގައްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، މައްކާގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ އަލްބަލަދުއް ޠޮއްޔިބް އަޖްޔާދު ހޮޓަލުގައި ކަމަށާއި، ފުރަތަމަ ގުރޫޕްގެ މީހުންނަށް ރޭ ހޮޓަލަށް ގޮސްފައިވާ ކަމަށެވެ. އަދި ފުރަތަމަ ގުރޫޕުގައި ދިޔަ އެންމެންގެ ހާލުވެސް ރަނގަޅު ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.
01 Jun 2024
ޚަބަރު
އެކްސިޑެންޓްވުމުން ލޯންޗު އަޅާ ނުލައި ދިޔައީ، ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން!
އެކްސިޑެންޓްގައި މަރުވީ، ފ. ފީއަލީގެ ދޯންޏަކުން އދ. މާމިގިލީ ކައިރީގައި އޮތް ފަޅެއްގެ ކައިރިއަށް ފާނަ ނަގަން ފައިބައި އޮތް ބިދޭސީ މީހެކެވެ. ބިދޭސީ މީހާ މޫދުގައި ފާނަ ބާނަން އޮތީ، އޭނާ ގެންގުޅުނު ބާސްކެޓްތަކުގައި ދުރަށް ފެންނަ ގޮތަށް އޮރެންޖް ކުލައިގެ ދިދަ ޖަހައިގެންނެވެ. އޭނާ ޒަޚަމްވެފައި އޮތް ތަނުގައި އޭނާ ބާނާ ފާނަ އަޅަން ގެންގުޅުނު 2 ބާސްކެޓް އޮތް އިރު އެއިން ކޮންމެ ބާސްކެޓެއްގައިވެސް، އޮރެންޖު ކުލައިގެ ދިދައެއް ޖަހާފައި ހުއްޓެވެ.
01 Jun 2024
ޚަބަރު
ލޯންޗު އެކްސިޑެންޓާއި ގުޅިގެން ކެޕްޓަން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރުގައެވެ. އެކްސިޑެންޓްގައި މަރުވި ބިދޭސީ މީހާއަކީ، ފާނަ ބޭނުމަށް މޫދުގައި އޮތް މީހެކެވެ. އޭނާ މަރުވީ، އެނާގެ ގައިމަތިން ލޯންޗު ގޮސް ލޯނޗުގެ ބުރަފަތީގައި ޖެހި ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ.
01 Jun 2024
ޚަބަރު
ލޯންޗެއްގެ ބުރަފަތީގައި ޖެހި ބިދޭސީއަކު މަރުވެއްޖެ
މިހާދިސާ ހިނގީ މޫދުގައި ފާނަ ބާނަން އޮތް އެމީހާގެ ގައިމަތިން ލޯންޗު ދިޔުމުގެ ސަބަބުންނެވެ. ހާދިސާ އާއި ގުޅިގެން އެމީހާ ދަނގެތީ ސިއްޙީމަރުކަޒަށް ގެންދެވުނު ކަމަށާއި އެހެން ނަމަވެސް ސިއްޙީމަރުކަޒަށް ގެންދެވުނު އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
31 May 2024
ޚަބަރު
އެއާޕޯޓު މުވައްޒަފުން ދުންފަތާއި ދުރު ކުރުމަށް ދަމަނަވެއްޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމް.އޭ.ސީ.އެލްގެ ކޯޕަރޭޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މޫސާ ހަނީފެވެ.
31 May 2024
ޚަބަރު
ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހުގައި ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
30 May 2024
ޚަބަރު
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާޙް ހުށައަޅައިފި
ބިލް ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއިލް ބަޔާން ކުރައްވާފައި ވަނީ، އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުއާއްމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އަދި އިޒްރާއީލްގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ، އަދި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތަތީ ސީދާ ޤާނޫނަށް ބަދަލު ގެނެސްގެން ފިޔަވަޅު އެޅުން އަަވަސް ކުރުމަކީވެސް މިބިލް ހުށައެޅުއްވި ސަބަބެއް ކަމުގައި މީކާއީލް ފާހަގަ ކުރައްވާފައެވެ.
30 May 2024
ޚަބަރު
ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދެވޭނެ އިތުރު ގޮތްތަކެއް ހޯދަނީ!
30 May 2024
ޚަބަރު
ޢާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ޢާއިލާތަކަށް އެހީތެރިވެ، އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމަށް އެހީތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން ދެނެގަނެ، މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުއް ކަމަށެވެ.
30 May 2024
ޚަބަރު
ލައިސަންސް ނެތި މީހަކު ދުއްވި ކާރެއް އެކްސިޑެންޓްވެ މީހަަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކާރާއި ސައިކަލެއް ޖެހި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ރީތިގަސް މަގުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކައިރީގައި ކަމަށެވެ. އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:40 ހާއިރުގައި ކަަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
30 May 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ބައެއް ކައުންސިލްތަކުން ލައިސަންސް ދޫކުރަމުންދާ ކަމުގައި ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވެއްޖެ
އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، ބައެއް ކައުންސިލްތަކުން ކަނޑައެޅިފައި އޮތް މިންގަނޑުން ބޭރުން އަދި އެސެސްކުރުމެއް ނެތި، ލައިސަސް ދޫކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތެއް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުގެ ސިޔާސަތަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުން ނޫންކަމަށާއި، އެކަންކަން ހައްލުކުރުމަށް މިނިސްޓްރީގެ ތެރޭގައި ނިޒާމެއް ޤާއިމްކުރަމުންދާ ކަމަށެވެ.
30 May 2024
ޚަބަރު
ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.