Advertisement

ފުލުހުންގެ އިދާާރާ ---

04 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގައި ރޭ މީހަކު ގަސްދުގައި ސައިިކަލްތަކެއްގައި ރޯކޮށްލައިފި

ރައްޔިތުންގެ މަޖިލިސް ކުރާ ގެއާ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި މީހަކު ގަސްދުގައި ރޯކޮށް އަންދާލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސައިކަލްތަކުގައި އަލިފާން ރޯވެފައި ހުއްޓައި ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ފަތިހު 3:03 ގައި ކަމަށެވެ.

ރޯކޮށްލާފައި ވަނީ، މެދު ޒިޔާރަތް މަގުން ހޮޓެލް ޖެން އާއި ކައިރީގައި ހުރި ސައިކަލުތަކެއްގައި ކަމަށް ފުލުހުން ބުނެފައި ވާއިރު، އެސަރަހައްދުގައި މަޖިލިސް އިދާރާގެ އުތުރުފަރާތަށް ވާ ގޮތަށް އޮންނަނީ ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރާ ޕާކިން ޒޯނެކެވެ.

ފުލުހުން ވިދާޅުވީ، ސައިކަލުތަކުގައި ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކަށާއި 1 ވޭނަަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށެވެ. އަދި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެވި އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.