Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްޠީނަށް ދީ އެޖަމިއްޔާގައި ފަލަސްޠީނުގެ ދައުރު ފުޅާކުރުމަށް ދިން ފުރުޞަތަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްޠީނަށް ދީ އެޖަމިއްޔާގައި ފަލަސްޠީނުގެ ދައުރު ފުޅާކުރުމަށް ދިން ފުރުޞަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ދެއްވި ފުރުޞަތަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށާއި، އެ ޙައްޤު ފަލަސްޠީނަށް ހޯަދައިދިނުމަށް ރާއްޖެއިންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ޑަބްލިޔުއެޗްއޯގެ މެމްބަރެއްގެ ގޮތުގައި ފަލަސްޠީނު ހަމަޖެއްސުމަށް 77 ވަނަ ވޯލްޑް އެސެމްބްލީގައި ވޮޓު ދިން 101 ޤައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމަކީ ފަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ޤައުމުތަކުން ބަލައިގަތުން އިތުރުވަމުން އަންނަކަން ދަލީލުކޮށްދޭ ކަމެއް ކަމަށެވެ. އަދި އެ ނިންމުމަކީ، ހަމަޖެހުން ޤާއިމް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ޑަބުލިޔުއެޗްއޯގެ މެމްބަރުކަން ފަލަސްޠީނަށް ދިންނަމަވެސް އަދި އެޤައުމަށް އެޖަމިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި، ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.

07 އޮކްޓޫބަރު 2023 އިން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ހިންގަމުން އަންނަ އުދުވާންތަކާއި ގުޅިގެން، ފަލަސްޠީނަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ގޮވާލާ އަދި އެކަމަށް ތާއީދު ކުރާ ޤައުމުތައް އަންނަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖެއަކީ، ފަލަސްޠީނުގެ ދައުލަތް ޤަބޫލުކޮށް އަދި ފަލަސްޠީނުގެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ކަނޑައެޅުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ އެއް ޤައުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.