Advertisement

ޒައިދާންގެ ޖަނާޒާގެ ކަންކަން އުނގޫފާރުގައި ކުރިޔަށް ގެންދަނީ --- ފޮޓޯ: އުނގޫފާރު.ކޮމް

03 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ނިޔާވި ޒުވާނާގެ ޖަނާޒާ ބޭއްވުމަށް ހަށިގަނޑު އުނގޫފާރަށް ގެންގޮސްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) އިން ކަނޑުމަތީގައި ކުރިޔަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ނިޔާވި، ރ. އުނގޫފާރު ނިއުލައިފް، މުހައްމަދު ޒައިދާން (24އ)ގެ ޖަނާޒާ ބޭއްވުމަށް އޭނާގެ ހަށިގަނޑު މިއަދު އުނގޫފާރަށް ގެންގޮސްފިއެވެ.

ސިފައިންގެ ޚިދުމަތުގައި ނިޔާވާ އޮފިސަރުންނަށް އަރުވާ ސިފައިންގެ ޢިއްޒަތުގައި، ޒައިދާންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.

އުނގޫފާރުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަށުކަމާއި ކެމީގެ ކަންކަމަށް ފަހުގައި މޫނު ދެއްކުން ކުރިޔަށް ދާނީ، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ. މޫނުދެއްކުން އޮންނާނީ މިއަދުގެ މެންދުރު ފަހު 13:00 އިން 15:00އަށެވެ. އަދި ޒައިދާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ. 

ސިފައިންގެ ޚިދުމަތުގައި ނިޔާވާ ސިފައިންގެ ބޭކަލުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން، އަރުވާ 7 ބަޑީގެ ސަލާމް އެރުވުންވެސް އޮންނާނެއެވެ.

ސިފައިންގެ ތަމްރީންތައް ހަދަމުން ދިޔަ، ޒައިދާން ނިޔާވީ، ލ. މާވަށް ބޭރުން ކަނޑުގެ ސަރަހައްދުގައި ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނުގައި އުޅެނިކޮށް މިޔަރެއް އޭނާއަށް ހަަމަލާދިނުމުގެ ސަބަބުން، ލިބުނު ޒަޚަމްތަކަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޒައިދާން ނިޔާވީ މިޔަރުގެ ހަމަލާގައި އޭނާގެ ފަޔަށް ލިބުނު ޒަޚަމްތަކާއި އެކު ލޭމަނާ ނުކުރެވިގެން ކަމުގައި ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.