Advertisement

ރ. އުނގޫފާރު ނިއުލައިފް، މުހައްމަދު ޒައިދާން (24އ) --

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސިފައިންގެ ތަމްރީން ހަދަމުން ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެއްޖެ

ސިފައިންގެ އަަސްކަރީ މަރުކަޒު، ރީޖަނަލް ހެޑް ކުއަޓަރޒް، ކައްދޫގައި، ސިފައިންގެ ތަމްރީންތައް ހަދަމުން ދިޔަ ޒުވާނަކަށް، މިޔަރެއް ހަމަލާދިނުމާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު އެޒުވާނާއަަށް މިޔަރެއް ހަމަލާދީފައި ވަނީ، މޫދުގެ ތަމްރީންތަކުގައި މޫދުގައި އުޅެނިކޮށެވެ. މިޔަރުގެ ހަމަލާގައި އޭނާގެ ފައި ވަރަށް ބޮޑަށް ޒަޚަމްވިކަމަށް އެނގިފައިވެއެވެ.

އެމްއެންޑީއެފުން ވިދާާޅުވީ، މިހާދިސާގައި ނިޔާވެފައި ވަނީ ސިފައިންގެ ތަމްރީންތައް ހަދަމުންދިޔަ، ރ. އުނގޫފާރު ނިއުލައިފް، މުހައްމަދު ޒައިދާން (24އ) ކަމަށެވެ. އޭނާ ނިޔާވީ، ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގީ، ލ.ކައްދޫގައި މިވަގުތު ކުރިއަށްދާ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ.މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމަށެވެ.

ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި މިޔަރުގެ ހަމަލާއެއްގައި މީހަކު ނިޔާވި މިއީ ފުރަތަމަ ފަހަރުކަމަށް ބެލެވިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.