Advertisement

ހައްޖުވެރުިންގެ ފުރަތަމަ ގުރޫޕް ހޮޓަލުގައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މައްކާއަށް ހިނގައްޖެ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް ރޭގައި މައްކާއަށް ހިނގައްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، މައްކާގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ އަލްބަލަދުއް ޠޮއްޔިބް އަޖްޔާދު ހޮޓަލުގައި ކަމަށާއި، ފުރަތަމަ ގުރޫޕްގެ މީހުންނަށް ރޭ ހޮޓަލަށް ގޮސްފައިވާ ކަމަށެވެ. އަދި ފުރަތަމަ ގުރޫޕުގައި ދިޔަ އެންމެންގެ ހާލުވެސް ރަނގަޅު ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މިގުރޫޕްގައި ހިމެނޭ މީހުން ފުރަތަމަ އުމުރާ މިއަދު ވަނީ ފުރިހަމަކޮށްފައި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަމަ ގުރޫޕް އިއްޔެ މާލެއިން ފުރީ ހަވީރުގައެވެ. މިގުރޫޕުގައި ހިމެނެނީ 272 މީހުންނެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ގެންދިޔުމަށް ވަނީ ކޯޓާ ލިބިފައެެވެ. އެކޯޓާގެ ތެރެއިން 50 ކޯޓާ ހާއްސަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ހައްޖަށް ދިޔުމުގެ ފުދުންތެރިކަން ނެތް މީހުން ހައްޖަށް ގެންދިޔުމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުމަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މާތްވެގެންވާ މައްކާގެ ބިމަށް 2.5 މިލިއަން މީހުން ޖަމާވާނެއެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ، މީލާދީ ކަލަންޑަރުން މިފެށުނު ޖޫންމަހުގެ 16ވާ އާދީއްތަ ދުވަހާއިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.