Advertisement

ކޮމިޝަންގެ ބައެއް މެމްބަރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އާއި އެކު --- ފައިލް ފޮޓޯ

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަރުތަކަށް އިންސާފު ހޯދަން އުފެއްދި ކޮމިޝަން އުވާލައްވައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ކުރުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާކުރެއްވި ދުވަހު އުފެއްދެވި، ކޮމިޝަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުވާލައްވައިފިއެވެ.

އެކޮމިޝަން އުފައްދަވާފައި ވަނީ 17 ނޮވެމްބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އެކޮމިޝަން އުވާލައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، އެކޮމިޝަން އުވާލެއްވީ، އެކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތްތައް އެކޮމިޝަނުން ނިންމާފައި ވާތީ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިޙް އުފެއްދި އެކޮމިޝަނުން، މައިގަނޑުގޮތެއްގައި ބަލައި ނިންމި މައްސަލަތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި، ވަގަށް ނަގައި މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މަރުގެ މައްސަލަ އާއި، ރިޟުވާނުގެ އެކުވެރިޔާ އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެއެވެ. އޭގެ އިތުރުންވެސް ބައެއް މަރުތަކުގެ މައްސަލަ އާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް އެކޮމިޝަނުން ބަލާފައިވެއެވެ.

ރިޟުވާނު ވަގަށް ނަގައި މަރާލުމާއި، އަދި ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ބައިވެރިވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މީހުންނަށް މިސަރުކާރުގެ އިސް މަޤާމުތައް ދީފައިވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ކުރުމަށް ރައީސް ޞާލިޙް އުފެއްދި އެކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރު ސްޕީޑެއްގައި ކުރިޔަށް ނުދިޔަކަމަށް ބުނެ އާއްމު ބައެއް ފަރާތްތަކުންނާއި، މައްސަލަތައް ނިސްބަތްވާ އާއިލާތަކުންވެސް ފާޑު ކިޔާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.