Advertisement

ބިލަތްފަހި ބަނދަރު ތެރެއަށް އުޅިއަށި ބޯޓު އަޑިޔަށް ގޮސްފައި --- ފޮޓޯ: އަޙްމަދު ނާފިޢު

03 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއިން މުދާ ބަރުކޮށްގެން ދިޔަ ބޯޓެއް، ށ. ބިލަތްފަހި ބަނދަރު ތެރެއަަށް އަޑިޔަށް ހިނގައްޖެ

މާލެއިން މުދާ ބަރުކޮށްގެން ށ. އަތޮޅަށް ދަތުރުކުރި، "އުޅިއަށި ބޯޓު" ބިލަތްފަހީ، ނެރުފައިކަށީގައި ޖެހި، ބަނދަރުތެރެއަށް އަޑިޔަށް ހިނގައްޖެއެވެ.

އެމްްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގީ އެބޯޓު ބިލަތްފަހީ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ހިލަ ތޮށީގައި ޖެހި ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ. އަދި އެބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް، ކުޅުދުއްފުށީގައި ޤާއިމްވެ ތިބޭ ސިފައިން އެރަށަށް ގޮސްފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހާދިސާގައި ބޯޓަށާިއ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އުޅިއަށި ބޯޓަކީ، ށ. އަތޮޅުގެ ފަސް ރަށަކަށް މުދާ އުފުލާ ބޮޑު ބޯޓެއް ކަމަށް ވާތީ، އެބޯޓު އަޑިޔަށް ދިޔައިރު، ބޯޓުގައި ގިނައަދަދެއްގެ ވިޔަފާރި މުދަލާއި، ކާޑުގެ ބާވަތްތައް ހުއްޓެވެ. ބޯޓުގެ ފަލްކާތަކުގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވި ވަނީ އަޑިޔަށް ގޮސްފައެވެ.

ބޯޓުން މުދާ ސަލާމަތް ކުރުމުގެ މަސައްކަތާއި ބޯޓު ފެންމައްޗަށް ނެގުމުގެ މަސަކަތް ބިލަތްފަހީގެ ރައްޔިތުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.