ޚަބަރު
23 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައި އަޑިޔަށް ދިޔަ ލޯންޗު ނެގުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ، ސަފާރީ ޓާމިނަލާއި ދިމާއި ފަޅު ތެރޭގައި އަޅާފައި އޮއްވައި ރާޅާއި ވައިގައި، ބަންޑުން ޖަހާލައި އަޑިޔަށް ގޮސްފައި ވަނީ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭގެ ލޯންޗެއް ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
23 May 2024
ޚަބަރު
ގެނބެމުން ދިޔަ ފަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި ދިވެހި މުވައްޒަފަކު ގެނބިގެން ނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ ހެނދުނު 11:05 ހާއިރުގައި ކަމަށާއި، ހާދިސާގައި ގެނބެމުން ދިޔަ ފަތުރުވެރިޔާ ސަލާމަތްވެފައި ވީ ނަމަވެސް، އޭނާ ސަލާމަތްކުރަންް ފޭބި ދިވެހި މުވައްޒަފު މީހާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ މީހެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.
23 May 2024
ޚަބަރު
ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ޒަރީރު ޢައްޔަނު ކުރައްވައިފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ޙަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޙަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމެވެ. އަދި ބެންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން ފެށިގެން އަދާކުރައްވަމުން ގެންދެވި އިރު އެބޯޑުން ޒަރީރު ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. ޒަރީރު ވަނީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
23 May 2024
ޚަބަރު
ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މާދަމާ ބާބިއުޑާއަށް ފުރާވަޑައިގަންނަވަނީ
މި އަހަރުގެ ކޮންފަރެސް ކުރިޔަށްދާނީ މިހިނގާ މެއި މަހުގެ 27 އިން 30 އަށެވެ. މިފަހަރުގެ ކޮންފަރެންސް ބާއްވަނީ، އުތުރު އެމެރިކާގެ ޖަޒީރާ ޤައުމެއް ކަމުގައިވާ، އެންޓިގުއާ އެންޑް ބާބިއުޑާ ގައެވެ. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ސިޑްސްގެ ކޮންފަރެންސް 4 ވަނަ ކޮންފަރެންސްއެވެ. މިފަހަރުގެ ކޮންފަރެންސްގެ އެއް ކޯ ޗެއާ އަކީ، ރައީސުލްޖުމްހޫރިއްޔާާ ޑރ. މުޙައްމަދު މުޢިއްޒެވެ.
23 May 2024
ޚަބަރު
ފަތިހު ޖެހުނު ބާރުވައިގައި ހުޅުމާލޭގައި ހުރި ބޮޑެތި ބައެއް ގަސްތައް ވެރިއްޖެ
ހުޅުމާލެ ފިޠުރޯނު މަގުގައި، އެމްޓީސީސީގެ ފެރީ ޓަރމިނަލް ކައިރީގައި ހުރި ބޮޑު ފިތުރޯނުގަހެއް މަގުހުރަހަށް ވެއްޓި މަގު މުޅިން ބަންދުވި އިރު، ފިތުރޯނު މަގުގެ އުތުރުކޮޅުގައި ހުރި ބޮޑެތި ފިޠުރޯނު ގަސްތަކުގެ ގޮފިތައްވެސް ވަނީ ވެރިފައެވެ.
23 May 2024
ޚަބަރު
މާލެއިން ކައްދޫއަށް ފުރި މޯލްޑިވިއަންގެ ފްލައިޓް އަނބުރާ މާލެއަށް!
މޯލްޑިވިއަންގެ ފްލައިޓް ޑީކިޔޫއޭ2168 ވެލާނާ އެއާޕޯޓުން ކައްދޫއަށް ފުރީ މިރޭ 10:35 ހާއިރުގައެވެ. މޫސުމް ގޯސްވުމާއި ވައިބާރުވުމާއި ގުޅިގެން ފްލައިޓް ނުޖެއްސި ވަރަށް ގިނައިރު ކައްދޫގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ބުރުޖަހާފައި ވެއެވެ.
22 May 2024
ޚަބަރު
މާފަންނު ސްޓޭޑިއަމްގެ ފެންސްތަކަށް ގެއްލުން ލިބި މަގު ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އަމީނީ މަގުގެ ދެކުނުފަޅި ލޭން އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށާއި، މަގު ބަންދުކުރަން ޖެހުނީ މާފަންނު ސްޓޭޑިއަމްގެ އުތުރު ފަޅީގެ ފެންސްތަކަށް ގެއްލުންތައް ލިބެމުން އަންނާތީ ކަމަށެވެ.
22 May 2024
ޚަބަރު
ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ރަށްރަށަށް އުފުލުމުގެ މަސައްކަތް ފުލުހުން ފަށައިފި
ދިރާސީ އައު އަހަރުގެ ކިޔެވުން އާދީއްތަ ދުވަހު ފެށޭއިރު އަތޮޅުތަކާއި މާލޭގެ ގިނަ ސްކޫލުތަކުގައިވެސް ދަރިވަރުންނަށް އަދި ހަަމަޔަށް ފޮތްތައް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މާލޭގެ ސްކޫލުތަކުގައި އާދީއްތަ ދުވަހުން ފެށިގެން ވަނީ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށާފައެވެ.
22 May 2024
ޚަބަރު
އިއްޔެގެ ނިޔަަލަށް މާލީ ބަޔާން ހުށައެޅީ، 186 ކެންޑިޑޭޓުން
ކޮމިޝަނުން ވިދާޅުވީ، މިއަދާއި މިރޭވެސް ވަރަށް ގިނަ ކެނޑިޑޭޓުން މާލީ ބަޔާންތައް ހުށައަޅުއްވަމުން އެބަ ގެންދަވާ ކަމަށެވެ. ޤާނޫނު ބުނާ ގޮތުން، އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާންތައް ހުށައަޅުއްވަންޖެހޭނެއެވެ. މިގޮތުން، ކެންޑިޑޭޓުންނަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިންވެސް މާލީ ބަޔާންތައް ހުށައެޅުއްވޭނެ ކަމުގައި ކޮމިޝަނުން ވިދާޅުވިއެވެ.
22 May 2024
ޚަބަރު
މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، އަދި ނައިބު ރައީސަކަށް ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުއްރަޙީމްގެ ނަންފުޅު ހުށައެޅުއްވި އިރު، ޢަބުދުއްރަޙީމްއަކީ މިސަރުކާރު އުފެއްދުމުގެ އެންމެ ބޮޑު މޭސްތިރިޔާއެވެ. ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒާއި އެކުގައި ރިޔާސީ ރޭހަށް ނުކުތުމުގެ ނިންމެވުމުން ނިންމަވައި އެންމެ ބޮޑަށް އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޢަބުދުއްރަހީމްއެވެ. ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވެވަޑައިގެންނެވީ، އޭނާ ނިސްބަތްވާ ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި އެގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަބްދުއްރަހީމް ވަނީ އެދާއިރާގެ ގޮނޑި ފުރުއްވާފައެވެ.
22 May 2024
ޚަބަރު
ދަނޑުވެރިންނަށް މާލީ އެހީ ދިނުމަށް 15 މިލިއަން ރުފިޔާގެ ސްކީމެއް
އެ މިނިސްޓްރީން ވިދާޅުވީ، ގްރާންޓް، އެކި ފިޔަވަހިތަކަށް ބަހާލާފައިވާއިރު، ފުރަތަމަ ފިޔަވަހި ހުޅުވާލާފައި ވަނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށް ދޭ އެހީއެވެ.
22 May 2024
ޚަބަރު
ހުޅުމާލޭގައި ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
ފުލުހުން ވިދާޅުވީ، ޒަޚަމްވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި، ޒަޚަމްވެފައި ވަނީ އޭނާގެ އަތް ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
22 May 2024
ޚަބަރު
އެޗްޑީސީގެ ޗެއަރމަން ކަމުގެ މަޤާމުންނާއި އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަޤާމުން ޒަުހޫރު ވަކިކޮށްފި
ޒުހޫރު އެމަޤާމުން މިއަދު ވަކިކޮށްފައިވާ ކަމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކޮށްފައެވެ. ޒުހޫރު މަޤާމުން ވަކިކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
22 May 2024
ޚަބަރު
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު ތައުފީޤު މަޤާމުން ވަކިކޮށްފި
ފާޠިމަތު ތައުފީޤު މަޤާމުން ވަކިކުރައްވާފައިވާ އިރު، އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ ޗެއާރޕާސަން ނޫރްޢައިން ޖަނާޙްވެސް މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ އިތުރުން މަޓީގެ ފަރާތުން އެމްއެމްޕީއާރްސީގެ ބޯޑުގައި އިންނެވި، ރާފިލް މުޙައްމަދު ވެސް ވަނީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ބޯޑު މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
22 May 2024
ޚަބަރު
ޕިކްނިކް ނުދިޔުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކުރައްވައިފި
މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި، ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
22 May 2024
ޚަބަރު
މާލެ ސަރަހައްދަށް ނެރެފައިވާ އޮރެންޖް އެލާޓުގެ ވަގުތު އިތުރުކޮށްފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ މެންދުރު 12:00 އާއި ހަމައަށް ނެރެފައިވާ އޮރެންޖް އެލާޓުގެ ވަގުތު މިއަދުގެ ހަވީރު 4:00 އާއި ހަމައަށް އިތުރުކޮށްފައެވެ. މިވަގުތު އޮރެންޖް އެލާޓް ނެރެފައި އޮތީ، ވ. އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގައި ހިމެނޭ ސަރަހައްދުތަކަށެވެ.