Advertisement

ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ނިޔާވި ދިވެހި މުވައްޒަފު ---

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގެނބެމުން ދިޔަ ފަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި ދިވެހި މުވައްޒަފަކު ގެނބިގެން ނިޔާވެއްޖެ

ގެނބެމުންދިޔަ ފަތުރުވެރިޔަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދިވެހި މުވައްޒަފު ގެނބިގެން ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ، އދ. އަތޮޅު ސެންޓާރާ ގްރޭންޑް އައިލެންޑް ރިޒޯޓުގައެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ ހެނދުނު 11:05 ހާއިރުގައި ކަމަށާއި، ހާދިސާގައި ގެނބެމުން ދިޔަ ޗައިނާގެ ފަތުރުވެރިޔާ ސަލާމަތްވެފައި ވީ ނަމަވެސް، އޭނާ ސަލާމަތްކުރަންް ފޭބި ދިވެހި މުވައްޒަފު މީހާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ މީހެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.

މިއަދު ހިނގި މިހާދިސާގައި ނިޔާވެފައި ވަނީ، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އަޙްމަދު އަފްޒަލް އެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ އާއި ގުޅިގެން ދިވެހި މުވައްޒަފު އދ. ދަނގެތީ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެމަރުކަޒުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ހާދިސާ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.