Advertisement

ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ---

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މާދަމާ ބާބިއުޑާއަށް ފުރާވަޑައިގަންނަވަނީ

ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މާދަމާ އެޤައުމަށް ފުރާވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކޮންފަރެސް ކުރިޔަށްދާނީ މިހިނގާ މެއި މަހުގެ 27 އިން 30 އަށެވެ. މިފަހަރުގެ ކޮންފަރެންސް ބާއްވަނީ، އުތުރު އެމެރިކާގެ ޖަޒީރާ ޤައުމެއް ކަމުގައިވާ، އެންޓިގުއާ އެންޑް ބާބިއުޑާ ގައެވެ. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ސިޑްސްގެ ކޮންފަރެންސް 4 ވަނަ ކޮންފަރެންސްއެވެ. މިފަހަރުގެ ކޮންފަރެންސްގެ އެއް ކޯ ޗެއާ އަކީ، ރައީސުލްޖުމްހޫރިއްޔާާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ، މި ކޮންފަރެންސްގައި ރާއްޖޭގެ ބަޔާން އިއްވަވައި ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، ކޮންފަރެންސްގެ ތެރޭގައި ހިމެނޭ އިތުރު ބައްދަލުވުންތަކުގައި އިތުރު 7 ބަޔާނެއް ރައީސް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން މިކޮންފަރެންސްގެ ތެރޭގައި ރާއްޖެއިން އިސްނަގައިގެން އިތުރު 3 ހަރަކާތެއް ކުރިޔަށް ގެންދަވާނެ ކަމުގައިވެސް ހީނާ ވިދާޅުވިއެވެ.

ސިޑްސްގެ 4 ވަނަ ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ، މީގެ 10 އަހަރު ކުރިން ސަމޯއާގައި ބޭއްވި ކޮންފަރެންސްގައި އެކުލަވާލި ސަމޯއާ ޕާތުވޭގެ ދަށުން ޢަމަލު ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިނ ޙާސިލްކުރެވުނު ކަންކަމާއި ޙާސިލް ނުކުރެވޭ ކަންކަމުގެ މައްޗަށް މަޝްވަރާކޮށް އައު ލަނޑުދަނޑިތަކާއި ސިޔާސަތުތައް އެކަށައެޅުމެވެ.

ސިޑްސްގެ މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން" މިޝިއާރެވެ.

ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ސައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރާއި، ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓޭރިއެޓްގެ އިސްބައެއް ބޭފުޅުން ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.