Advertisement

25 May 2024
ފަލަސްތީން
މިފްތާޙް މުޙައްމަދު

ރަފާއަށްދޭ ހަމަލާތައް ހުއްޓާލުމަށް އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ނަސްލު ނެތިކޮށްލުމަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާ މެދުކެނުޑުމެއްނެތި ކުރިޔަށްދަނިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާތަނަށް ކުރި އެންމެ ވަރުގަދަ އަމުރު އިއްޔެ އިޒްރޭލުގެ މައްޗަށް ކޮށްފިއެވެ. އެގޮތުން އައިސީޖޭއިން އިޒްރޭލަށް އަމުރުކޮށްފައިވަނީ، ގާޒާގެ ރަފާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.

މި އަމުރަކީ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން އައިސީޖޭއިން ނެރެފައިވާ އަމުރެކެވެ. ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާހްއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރަކަށެވެ.

އައިސީޖޭގެ މި އަމުރާ ގުޅިގެން އިޒްރޭލުން ބުނެފައިވަނީ، އިޒްރޭލުން ހަމަލާތައް ހުއްޓުވައިފިނަމަ، ހަމާސްއިން އަލުން ބާރުގަދަކޮށް، ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރަން ހުރަސްއެޅޭނެ ކަމަށެވެ. އެހެންކަމުން އިޒްރޭލުން އެދިފައިވަނީ އެ މައްސަލަ ކޯޓުން ބޭރުކޮށްލުމަށެވެ.

އައިސީޖޭއިން އިއްޔެ މި އަމުރު ނެރެފައިވަނީ 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރެކެވެ.

މީގެކުރިން ވެސް އައިސީޖޭއިން ވަނީ މިފަދަ އަމުރެއް ނެރެފައެވެ. ނަމަވެސް އެ ހުކުމުގައި އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައިވަނީ ޣައްޒާގައި ގަތުލުއާންމު ހިންގުން ހުއްޓުވުމަކަށް ގެނައުމަށެވެ. ނަމަވެސް އެ އަމުރުގައި ހަމަލާތައް ހުއްޓައިލުމަކަށް ސީދާ އަމުރުކޮށްފައެއް ނުވެއެވެ.

ޣައްޒާއަށްދޭ ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އެ ކޯޓުގައި ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.