Advertisement

ކުޑަކުދިން ކަރަންޓްގައި ޖެހުނު ސަރަހައްދު ---

25 May 2024
ޚަބަރު

ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރި ކުއްޖާ އޮތީ ވެންޓިލޭޓަރުގައި

ރ. އުނގޫފާރުގައި މަގުބައްތި ހޮޅި ދަނޑިއަކުން ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތްކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް "ނޫން" އަށް އެނގިއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 8 އަހަރުގެ ފިރިހެން ކުއްޖާއާއި 12 އަހަރުގެ އަންހެންކުއްޖެއްގެ އިތުރުން، މި ދެ ކުދިން ސަލާމަތްކުރުމަށް ދިޔަ 18 އަހަރުގެ ފިރިހެން ކުއްޖެކެވެމީގެ އިތުރުން މި ހާދިސާއާ ގުޅިގެން އިތުރު ކުޑަ އަންހެން ކުއްޖަކަށްވެސް ފަރުވާ ދީފައިވެއެވެ. އެ ކުޑަ ކުއްޖާއަކީ ހާދިސާގެ މަންޒަރުފެނިގެން ޝޮކް ޖެހުނު ކުއްޖެއް ކަމުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކަރަންޓުގައި ފުރަތަމަ ޖެހުނު ދެ ކުދިން ވަނީ ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުގައި އޮތް 18 އަހަރުގެ ކުއްޖާ މާލެ ގެންދިއުމަށް ޑޮކްޓަރު އަދި އަންގާފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުޑަ ދެ ކުދިން އެ ރަށުގެ ކުޑަކުދިންގެ ޕާކު ކައިރީ ފެންގަނޑެއްގައި ކުޅެނިކޮށް އެތާހުރި މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.