ޚަބަރު
ޚަބަރު
11 May 2024
ޚަބަރު
ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސި: ޑިފެންސް މިނިސްޓަރ
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އިރު ދިވެހި ސަރުކާރުގެ ހުއްދަ ނެތި ހެލިކޮޕްޓަރު އޮޕަރޭޓް ކުރި ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ މެމްބަރު ކަމުގައި ހުންނެވި އިރު އެފަދަ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތެރެއިން ބަލާފައިވާ ކަމަށެވެ. މިގޮތުން ޣައްސާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ހުއްދަ ނެތި، އިންޑިއާ ހެލިކޮޕްޓަރުގައި އިންޑިއާ ސިފައިން، ކޮޅުމަޑުލު ތިމަރަފުށީ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ އާއި ގުޅޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް މިނިސްޓަރ ޣައްސާނު ނުދެއްވައެވެ.
11 May 2024
ޚަބަރު
އިންޑިއާ ސިފައިންގެ ތެރެއިން ފޭބި ކޮންމެ މީހަކަށް މީހަކު މިހާރުވެސް ރާއްޖޭގައި އެބަތިބި: ސަރުކާރު
ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސިވިލިއަނުންގެ ގޮތުގައި ރާއްޖެ އައި މީހުންވެސް ރާއްޖޭގައި ތިބުމައް މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން، މިގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ބަދަލުކުރެވިފައިވާ ލެޓަރ އޮފް އެކްސްޗޭންޖްގެ ދަށުން، ލ. ކައްދޫ އާއި ސ. ގަމުގައި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހާއި ހަމައަށް ކަމަށާއި، ހދ. ހަނިމާދޫގައި ތިބި ތިބި އިންޑިއާގެ އާއްމުން ތިބޭނީ، 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހަށް ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، އެމީހުން ރާއްޖޭގައި ބޭތިއްބުމުގެ ބޭނުމެއް އޮތް މިންވަރުގެ މައްޗަށް ބަލައިގެން މުއްދަތު އިިތުރު ކުރުމާއި ގުޅޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި ވާހަކަދައްކައި ގޮތްތައް ނިންމާނެ ކަމަށެވެ.
11 May 2024
ޚަބަރު
އިންޑިއާ ސިފައިން ބޭލުމުގެ ވަޢުދު ފުއްދިއްޖެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ކަންކަން މިހާރުވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ. މިގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު ވަނީ އެޤައުމުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕް ރާއްޖެއިން ގޮސްފައި ވަނީ މެއި 9 ގައި ކަމުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
10 May 2024
ޚަބަރު
ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެމްބަރު ކަމުގެ ދަރަޖަ ދިނުމަށް ފާސްކޮށްފި
މިރޭ ބޭއްވި އދ.ގެ އާއްމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި، ފާސްކުރި މިޤަރާރަކީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރކޮށްފައިވާ ޤަރާރެކެވެ. މިހާތަނަށް ފަލަސްޠީނު ހިމަނާފައި ވަނީ، އދ.ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައެވެ. މިޤަރާރު ފާސްވި ނަމަވެސް އަދިވެސް އދ. ގެ މެމްބަރު ޤައުމުތަކަށް ލިބިދެވޭ ހުރިހާ ޙައްޤެއް ފަލަސްޠީނަކަށް ނުލިބެއެވެ.
10 May 2024
ޚަބަރު
މިހާތަނަށް 532 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި
މިނިސްޓަރ އިހްޞާން ވިދާޅުވީ، އޮޕަރޭޝަން ”ކުރަނގި“މިވަގުތު ހިނގަމުންދަނީ ކ. ހިންމަފުށީގައި ކަމަށާއި، ހިންމަފުށި ކައުންސިލުން މިކަމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ ކަމުގައިވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.
10 May 2024
ޚަބަރު
ކުޑަ ކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" ފަށައިފި
ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ މުޖުތަމަޢުގެ ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ކަރާމާތް ހިމާޔަތްކުރުމުގެ އިތުރުން އެކުދިންގެ އުފާވެރި އަދި ދުޅަހެޔޮކަމަކީ މުޖުތަމަޢުއެއްގައި އެންމެހާ ފަރުދުންގެ މަސްޢޫލިއްޔަތެއްކަން ހަނދާންކުރުން ކަމުގައި، އާއިލާ އާއި ބެހޭ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
10 May 2024
ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ކުޑަކުދިންގެ ޕާކުތައް ބިނާކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް އެރަށްރަށުގައި ބިނާކޮށްދިނުމަށް އެދެމުންދާ ކަމަށެވެ. އަދި އެކަމަށް އިޖާބަ ދެއްވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ބިނާކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
10 May 2024
ޚަބަރު
ސަޢޫދީ ރަސްގެފާނު ދެއްވި ޢުމުރާ ދަތުރުފުޅުގައި، ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިއުމުރާ ދަތުރުފުޅުގައިި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވަނީ ގެންދަވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.
10 May 2024
ޚަބަރު
ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 8 މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތް ފިރިހެނުންނާއި، ދިވެހި އަންހެނެކެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
09 May 2024
ޚަބަރު
ހޫނު ގަދަވެ ފަރުތަކަށް ގެއްލުން ވަމުންދާތީ ބައެއް މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި
އީޕީއޭއިން ބުނީ، މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރަކަށް ވާތީ، ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، ބިންހިއްކުމާއި ފަޅު ފުންކުރުން ފަދަ ފަރުތަކަށް ގެއްލުން ލިބޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
09 May 2024
ޚަބަރު
އަސާސީ ތަމްރީން ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާއި އިތުރު 98 މީހުން ގުޅިއްޖެ
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރެވެ. އަދި ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން އިއްވައިދެއްވީ، ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފްއެވެ.
09 May 2024
މޫސުމް
މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިރޭ މާލެއަށް ކުރިވިއްސާރައި، ބާރަށް ގުގުރުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތްވެސް ކެނޑިގެން ދިޔައެވެ.
09 May 2024
ޚަބަރު
ބާރުގަދަ ހޮނު ގުގުރިއާއެކު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
މާލެއިން ކަރަންޓް ކެނޑިފައި ވަނީ، މައްޗަންގޮޅި އާއި މާފަންނުގެ ބައެއް ސަރަހައްދު ތަކުން ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. މާލެއަށް މިރޭގެ 22:27 އާއި 22:29 އަދި 22:31ގައި ވަނީ ވަރަށް ބާރަށް ގުގުރާފައެވެ. އެހެން ނަމަވެސް އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ނަމަވެސް، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނެވެ.
09 May 2024
ޚަބަރު
ދިވެހިންގެ ތެރެއިން މިލިޔަނަރުންނަށް ހުޅުމާލެއިން ބިން ގަތުމަށް ފުރުޞަތު ހުޅުވާލައިފި
ބިންގަތުމަށް ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމްކޮށްފައި ވަނީ މައިގަނޑު ދެ ޝަރުޠެކެވެ. އެއީ ވަކި ފަރުދަކު ނަމަ އުމުރުން 18 އަހަރު ފުރިފައި ވުމާއި، ކުންފުންޏެއް ނަމަ %100 ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.
09 May 2024
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމުގައި އިންޑިއާއިން ބުނެފި
އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމަށް ދެޤައުމުގެ ދެމެދުގައި ވެވިފައިވީ އެއްބަސްވުމާއި އެއްގޮތަށް، މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސް އޭގެ ބަދަލުގައި އެޤައުމުގެ އާއްމު މީހުން ރާއްޖެއަށް ގެނެސްފައެވެ. ދެސަރުކާރުގެ ދެމެދުގައި އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މެއި 10ގެ ކުރިން އަނބުރާ އިންޑިއާއަށް ގެންދިޔުމަށެވެ.
09 May 2024
ޚަބަރު
މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުން ނެރެން ނިންމުމަށްފަހު އެކަން ނުކުރަން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.