Advertisement

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ މައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން -- ފޮޓޯ: ނޫން.އެމްވީ

16 May 2024
ޚަބަރު
ޢަލީ ސުލައިމާން

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށް ވަނުމަށް ނަގާ ގޭޓް ފީ އުވާލައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފަ ސްޓޭޝަންތަކަށް ކުނި އުކާލުމަށް ވަންނަ އުޅަނދުތަކުން ނަގާ، ގޭޓް ފީ އަންގާރަ ދުވަހުންފެށިގެން އުވާލާފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

ކުނި ހިފައިގެން ވަންނަ އުޅަނދުތަކުން ނަގަމުން އަންނަ ގޭޓް ފީ ނެގުން ހުއްޓާލި އިރު، ފީ ނެގުމަށް އެކުންފުނިން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މިގޮތުން، ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ޤާއިމުކުރެވެންދެން، މާލެ ޓްރާންސްފާރ ސްޓޭޝަންގައި ކުނީގެ ބަރުދަނަށް ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލުމަށްވެސް ނިންމާފައިވާ ކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް ވެމްކޯއިން ބުނީ، އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ޙިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ އަަކީ، މިހާރު -/500ރ ކަމުގައި ހަމަޖައްސާފައި ވާކަމަށެވެ.

މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އުފެއްދެވި ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އަންނަނީ މާލެ އާއި އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްރަށުގައިވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.