Advertisement

ތެލް ހަޝްމޯރް އަސްކަރީ މަރުކަޒުގައި 2019 ވަނަ އަހަރު އަލިފާން ރޯވި ހާދިސާގެ ތެރެއިން ---

14 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ތެލް އަވީވްގައި ހުރި އިޒްރޭލް ސިފައިންގެ މަރުކަޒެއްގައި ރޯވެއްޖެ

އިޒްރާއީލްގެ ވެރިރަށް ތެލް އަވީވްގެ މެދުތެރޭގައި ހުރި އިޒްރޭލު ސިފައިންގެ އަސްކަރީ މަރުކަޒެއްގެ ގުދަންތަކުގައި ރޯވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯވެފައި ވަނީ، ތެލްއަވީވްގައި ހުރި އިޒްރޭލް ސިފައިންގެ ތެލް ހަޝްމޯރް އަސްކަރީ މަރުކަޒުގައެވެ. އެތަނުގައި އަލިފާން ރޯވި ސަބަބެއް އެނގިފައެއް ނުވެއެވެ. އަސްކަރީ މަރުކަޒުގެ ގުދަންތަކުގައި ރޯވެ ބާރުގަދަ ގޮވުންތައް ގޮވަމުންދާކަމަށާއި، އެސަރަހައްދުގެ މަގުތައް މުޅިން ބަންދުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގި އަސްކަރީ މަރުކަޒަކީ، އިޒްރޭލު ސިފައިން ވަރަށް ވަރުގަދައަށް ސެކިއުރިޓީ ބަލަހައްޓަމުން އައި މަރުކަޒެކެވެ. އެމަރުކަޒުގައި ރޯވެ އަނދަމުންދާކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 2019 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުވެސް ހަމަ އެ އަސްކަރީ މަރުކަޒުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވެއެވެ.

ކޮމެންޓް
ޙ
ގްރޭޓް
14 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.