ޚަބަރު
19 May 2024
ޚަބަރު
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފި
މިގޮތުން މިސިލްސިލާގެ ދަށުން ކުރިޔަށް ގެންދިޔަ ފުރަތަމަ ތަމްރީން ޕްރޮގްރާމް މި މެއި މަހުގެ 13 އިން 18އަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފުރަތަމަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ، ޕްރިވެންޝަން ޓީމާއި، ސްޓޭޓް ކެއަރ ޓީމް އަދި ހާލު ކިހިނެއް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޓީމެވެ.
19 May 2024
ޚަބަރު
އާ ސަހަރާގެ މަސައްކަތްތައް ނިންމަން އެހެން ކުންފުންޏަކާއި ހަވާލުކޮށްފި
މި އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އައިމަންއެވެ. މާލޭ ސިޓި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، ސެކްރެޓަރީ ޖެނެރަލް ވަޖީހް ނަސީރުއެވެ. މިއެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
19 May 2024
މޯލްޑިވްސް އިމިގްރޭޝަން
ވަރކް ވިސާގެ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް އިމިގްރޭޝަނުން ޒަމާނީ ބަދަލެއް ގެނަސްފި
ވާރކް ވިސާގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، އެ ފަރާތްތަކުގެ ވަގުތު ސަލާމަތްކޮށްދިނުމުގެ މަޤުސަދުގައި މޯލްޑިވްސް އިމިގްރޭޝަނުން ޒަމާނީ ބަދަލެއް ގެނަސްފިއެވެ. އެގޮތުން، މިއަދުން ފެށިގެން މި ޚިދުމަތް ފޯރުކޮށްދިނުމުގައި "އޭންޓް ކިޔޫ" އެޕްލިކޭޝަން ބޭނުންކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު ނިންމާފައިވާކަމަށް، އެ އިދާރާއިން ވަނީ މިއަދު ހާމަކޮށްފައެވެ.
19 May 2024
ޚަބަރު
ޑރ. ޙަސަން ޙަމީދު ވިދާޅު ވަނީ، ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމަށް ބައި ބިލިޔަން ރުފިޔާ ހޭދަވާނެކަމަށް!
ޑރ. ޙަސަން ޙަމީދަކީ، ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅާއެވެ. ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، ޑރ. ޙަސަން ޙަމީދު އެމަނިކުފާނުގެ އަމިއްލަ ފުޅު ބުލޮގްގައި ސްކޫލުތަކުގެ ކްލާސް ރޫމްތައް އޭސީ ކުރުމާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ މަޒުމޫނުގައި ވިދާޅުވީ، އެކަމަށް މަދުވެގެން 600 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށާއި، އަދި އޭސީތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ކަރަންޓްގެ ޚަރަދަށް އަހަރަކަށް، 178 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.
19 May 2024
ޚަބަރު
ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި 3 މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހާދިސާ ހިނގާފައި ވަނީ މާލޭގައި، ރޭގެ 22:00 ހާއިރުގައި ކަމަށެވެ. ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހަކާއި އުމުރުން 39 އަހަރަުގެ ދެމީހުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
18 May 2024
ޚަބަރު
މަގުމައްޗަށް ފެންފައިބާ އިމާރާތެއް ޗެކް ކުރި އިރު، މަގު ހިނގާ މީހުން ބޮލަށް ފައިބަނީ ފާޚާނާގެ ނަޖިސް ފެން
މާލޭ ސިޓީކައުންސިލުން ވިދާޅުވީ، އެކަން ކުރި ފަރާތާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށް، އެކަން ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އާއްމުރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
18 May 2024
ޚަބަރު
ދޯންޏާއިއެކު 4 މީހުން ގެއްލުނުތާ ދެ ދުވަސް، އަދި ނުފެނޭ!
އެމްއެންޑިއެފުން ވިދާޅުވީ، މޯލްޑިވިއަންގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އެމީހުން ހޯދުމަށް ވައިގެ މަގުން މިއަދު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ދޯންޏާއި މީހުން އަދި ފެނިފައި ނުވާކަމަށެވެ. އެދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
18 May 2024
ޚަބަރު
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ އަނދައިފި
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ، މިއަދު މެންދުރު 12:34 ހާއިރުގައި ކަމަށެވެ. މާފުށި ފަޔަރ ސްޓޭޝަނަށް އެހާދިސާ ރިޕޯޓް ކުރުމާއި އެކު، ފަޔަފައިޓަރުން އެސަރަހައްދަށް ގޮސް 12:46 ހާއިރު އަލިފާން ނިވާލާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.
18 May 2024
ޚަބަރު
އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެ ޖޫރިމަނާކުރި އިންޑިއާގެ މަސްބޯޓުގެ ޖޫރިމަނާ މިސަރުކާރުން މަޢާފްކޮށް ފުރުވާލައިފި
ސިވިލްކޯޓުން އާއްމުކުރި ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި އިންޑިއާގެ މަސްބޯޓުކޮށްފައިވާ ޖޫރިމަނާ 10 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މަޢާފްކޮށްފައެވެ. އަދި 17 މާރިޗު 2024ގައި އެބޯޓު ވަނީ ރާއްޖެއިން ފުރުވާލާފައެެވެ. އެހެންވެ ފިޝަރީޒް މިނިސްޓްރީން ހުށައަޅާފައިވާ ދައުވާ ފޯމު ބާޠިލްކުރުމަށް އެމިނިސްޓްރީން އެދި ހުށައެޅުމާއި ގުޅިގެން މައްސަލަ ބާޠިލްކޮށް ސިވިލްކޯރުން މައްސަލަ ނިންމީ 16 މެއި 2024 ގައެވެ.
18 May 2024
ޚަބަރު
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު މިރޭގެ 23:00 އާއި ހަމައަށް އިތުރުކޮށްފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް މޫސުމް ވަރަށް ގޯސްވާނެ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށެވެ. އަދި އެވްރެޖް ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
18 May 2024
ޚަބަރު
ދިރާގުން ދޭ ޓެސްލާ ކާރު ލިބޭ ފަރާތެއް އެނގެން ބާކީ އެއް މަސް!
"ވިން އަ ޓެސްލާ" ޕްރޮމޯޝަން ދިރާގުން ފަށާފައި ވަނީ، އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ. މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައި ވަނީ، ޖެނުއަރީ 31، ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30 އެމްބީއިން މަތީގެ ޕްލޭންތައް ނަގާފައިވާ ފަރާތްތަކަށެވެ. އަދި އެފަރާތްތަކަކީ، ޖޫން 17 އާއި ހަމައަށް އެޕްލޭންތައް ބޭނުންކުރަމުން އަންނަ ފަރާތްތަކެއް ކަމުގައި ވާންޖެހެއެވެ.
18 May 2024
ޚަބަރު
ދެކުނުގެ އަތޮޅުތަކަށް އިތުރަށް މޫސުމް ގޯސްވެ އޮރެންޖް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އައްޑޫ ސިޓީއާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މިއަދުގެ މެންދުރުފަހު 3:00 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ. މެޓް އޮފީހުން ވިދާޅުވީ، އައްޑޫސިޓީއަށް އާއްމު ގޮތެއްގައި 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި، ކޮޅިގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
18 May 2024
ޚަބަރު
ދިރާސީ އައު އަހަރު ފެށެން ހަފްތާއަކަށް ވެއްޖެ، ދަރިވަރިންގެ ޓެކްސްޓް ފޮތްތަކެއް ނުލިބޭ!
މާލެއާ ހުޅުމާލޭގެ ބައެއް ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންވެސް ވިދާޅުވީ، އައު ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދޫކުރަން ނުފެށޭ ކަމަށާއި، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށެވެ. އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން، "ނޫން.އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން މެއި 26 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން ދިރާސީ އަހަރު ނިމުމުގެ ކުރިން ދަރިވަރުންގެ އަތުން އަނބުރާ ނެގުމަށް ހަމަޖައްސާފައި ހުރި ޓެކްސްޓް ފޮތްތައް ސްކޫލުތަކުން ނަގާފައިވާ ކަމުގައި ޕްރިންސިޕަލުން ވިދާޅުވިއެވެ.
18 May 2024
ޚަބަރު
ކަނޑޫދޫގައި ފާރެއް ދަށުވި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ މަގު ފާރު ކަމަށާއި އެއީ ތެޅިގަލުން ތިރީބައި ރާނައި އަދި މަތީބައި އެޅިގަލުން ރާނާފައި ހުރި ދުވަސްވީ ފާރެއް ކަމަށެވެ. ކުޑަކުއްޖާ ފާރުގެ ދަށުގައި ވީ އެފާރު ވެއްޓުނީ އެވަގުތު އެކުއްޖާ އެމަގުން ހިނގާފައި ދަނިކޮށެވެ. ފާރު ވެއްޓުނު ހާދިސާގައި، ކުއްޖާގެ ބޯ ފިޔަވައި މުޅި ހަށިގަނޑު ފާރުގެ ދަށުވި ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމުގައިވެސް ރީހާން ވިދާޅުވިއެވެ.
18 May 2024
ޚަބަރު
ތިން މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
އެމްއެންޑީއެފް އިން ވިދާޅުވީ، ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 17:20 ހާއިރުގައި ކަމަށެވެ.
17 May 2024
ޚަބަރު
ތ. ކަނޑޫދޫގައި ގަދަ ވަޔާއި އެކު ވެއްޓުނު ފާރެއްގެ ދަށުވެ ކުޑަ ކުއްޖަކު ޒަޚަމްވެއްޖެ
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ޒަޚަމްވި ކުޑަކުއްޖާ މިވަގުތު އޮތީ ކަނޑޫދޫ ސިއްޙީ މަރުކަޒުގައި ކަމަށެވެ. މިވަގުތު މޫސުމް ގޯސްވުމުގެ ސަބަބުން އެކުޑަކުއްޖާ އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް އަދި ރަށުން ބޭރަށް ގެންދިޔުމަށްވެސް ދަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.