Advertisement

އީރާނުގެ ވަގުތީ ރައީސް --

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާނުގެ ނައިބު ރައީސް ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފި

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި އެކު، އީރާންގެ ވަގުތީ ރައީސް ކަމުގެ މަޤާމަށް ނައިބު ރައީސް މުހައްމަދު މުހްބަރް އައްޔަނުކޮށްފިއެވެ.

އީރާންގެ ޤާނޫނުތަކުގައި ވާގޮތުން، ރައީސް އަވަހާރަވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީ ގޮތެއްގައި ނުވަތަ ދާއިމީ ގޮތެއްގައި ނުކުޅެދިއްޖެ ނަމަ، ނައިބު ރައީސް ، ވަގުތީ ރައީސްގެ ގޮތުގައި ހަމަޖެއްސޭނެއެވެ. އަދި ނައިބު ރައީސް ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ގިނަ ވެެގެން 50 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި އައު ރައީސަކު ހޮވަންޖެހޭނެއެވެ.

އީރާންގެ ވަގުތީ ރައީސް ކަމުގެ މަޤާމަށް މިއަދު ޢައްޔަނު ކުރެވުނު، މުޙައްމަދު މުހްބަރު އީރާނުގެ ނައިބު ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މިހާރު އުމުރުފުޅުން 69 އަހަރުފުޅުގެ، މުހައްމަދު މުހްބަރް އަކީ، އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުއްﷲ ހާމަނާއީ އާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. އެހެންކަމުން، ރައީސީ އަވަހާރަވުމަކުން އީރާންގެ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އަންނާނޭ ކަމަށް ނުބެލެވޭ ކަމުގައި މެދުއިރުމަތީގެ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.