Advertisement

މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) --

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާކަން ފުލުހުން ކަށަވަރުކޮށްދީފި

މ. ރަބީޢުވިލާ ގްރައުންޑް ފްލޯގައި މަރުވެފައި އޮއްވައި ފެނުނު މީހަކީ، މިމަހުގެ 16 ވަނަ ދުވަހުންފެށިގެން އާއިލާއަށް ގެއްލިފައިވާ، މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އައިމަންގެ މަރުވެފައިވާ ހަށިގަނޑު މިއަދު ފެނުނު އިރު އާއިލާއިން އޭނާ ގެއަށް ނާންނާތީ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރީވެސް މިއަދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައިމަން އެގޭތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، މިއަދު 14:20 ހާއިރުގައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އާއްމު ބައެކެވެ. ފެނުނު އިރު ހަށިގަނޑު އޮތީ ކުނިވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައިމަންގެ ހަށިގަނޑު ފެނުނު ގެއަކީ، ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ގެއެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.