Advertisement

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިޔަ ތަމްރީންގެ ތެރެއިން --

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފި

މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ޚިދުމަތްތެރިންނަކީ، އޯގާތެރިކަމާއި އަޅާލުމާއި އެކު ރައްޔިތުންނާއި ގުޅިގެން ގާތުން ޚިދުމަތްދޭ ބަޔަކަށް ހެދުމަށްޓަކައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މިގޮތުން މިސިލްސިލާގެ ދަށުން ކުރިޔަށް ގެންދިޔަ ފުރަތަމަ ތަމްރީން ޕްރޮގްރާމް މި މެއި މަހުގެ 13 އިން 18އަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފުރަތަމަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ، ޕްރިވެންޝަން ޓީމާއި، ސްޓޭޓް ކެއަރ ޓީމް އަދި ހާލު ކިހިނެއް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޓީމެވެ. 

އެ މިނިސްޓްރީން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ، ރައްޔިތުންގެ ހާލު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަކީ، އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއި، ކުލުނުވެރިކަމާއި، އެހީތެރިވުމުގެ އެދުން އެންމެ ފުރިހަމަ މާނައިގައި އޮވެ އެކަމަށް ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ހެދުމެވެ. އަދި އެމަސައްކަތް ކުރުމުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުޢާމަލާތް ކުރުމުގައި ބޭނުން ކުރެވޭނެ އެންމެ ރިވެތި އުސޫލުތަކާއި އާދަތަކަށް އެވުޒާރާގެ ޚިދުމަތްތެރިން އަހުލުވެރިކުރުންވެސް މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމުގައިވެސް، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިބަމަ ޓީމުތަކަށްވެސް ތަމްރީން ދިނުމުގެ އިތުރު ޕްރިގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.