ފުލުހުންގެ މައި އިދާރާ --
ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި 3 މީހުން ހައްޔަރުކޮށްފި
ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި 3 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހާދިސާ ހިނގާފައި ވަނީ މާލޭގައި، ރޭގެ 22:00 ހާއިރުގައި ކަމަށެވެ. ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހަކާއި އުމުރުން 39 އަހަރަުގެ ދެމީހުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ހައްޔަރުކުރި ގޮތާއި ގުޅޭ ގޮތުން ޝަކުވާތަކެއް ލިބިފައިވާތީ، އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުން ގެންދާ ކަމަށެވެ.
މިމާރާމާރީގެ މައްސަލަ ފުލުހުންގެންދަނީ ތަޙްޤީޤުކުރަމުންނެވެ.