Advertisement

ކޯސްޓް ގާޑުގެ އުޅަނދެއް ގަދަ ވިއްސާރައިގައި ދަތުރު ކުރަނީ --

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑު ސަރަހައްދެއް ބަލައިފި، ގެއްލުނު ދޯންޏާއި މީހުން ނުފެނޭ

ގެއްލިގެން ހޯދަމުންދާ، "AAA 37" މުދާ އުފުލާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކަނޑާއި ވައިގެމަގުން 6240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ދޯނި ގެއްލުނުތާ 72 ގަޑިއރު ވުމާއި ގާތްވެފައި ވާއިރު، މިހާތަނަށް އެދޯނިވެސް އަދި ދޯނި ދަތުރުކުރި މީހަކުވެސް ފެނިފައެއް ނުވެއެވެ.

އެދޯނި ގެއްލިފައި ވަނީ، މެއި 17ވީ ހުކުރު ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރިފަހުންނެވެ. އެދޯނި ދަތުރުކުރަން އޮތީ، މ. މެދުފުށި އައިލެންޑް ރިޒޯޓަށެވެ.

ދޯނި ގެއްލުނު އިރު އެދޯނީގައި، ބަނގްލަދޭޝް ތިން މީހުންނާ ދިވެއްސަކު ހުއްޓެވެ. ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، ކޯސްޓްގާޑު ޝިޕް ޝަހީދު އަލީ އާއި، މޯލްޑިވިއަންގެ މަތިންދާ ބޯޓެކެވެ. މިދުވަސްވަަރަކީ ރާއްޖޭގެ ސަރަހައްދަށް ވަރަށް މޫސުމް ގޯސްވެފައިވާ ދުވަސްވަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.