Advertisement

މިދިޔަ ހަފްތާގައި ބަނޑޭރިކޮށި ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ --

20 May 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު މީހާއަކީ، މާލެއިން ގެއްލިގެން ފުލުހުން މިއަދު ހޯދަން އިއުލާނުކުރި ޒުވާނާކަން އެނގިއްޖެއެވެ.

މިއަދު، މ. ރަބީޢުވިލާ ގޭގެ ގްރައުންޑް ފްލޯގައި މަރުވެފައި އޮތް މީހަކު އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެމީހާ އާއި ގުޅޭ ތަފްސީލެއް ފުލުުހުން ހާމައެއް ނުކުރެއެވެ. މިއަދު ފުލުހުން ވަނީ މާލެއިން މިމަހުގެ 16 ވަނަ ދުވަހުންފެށިގެން ޒުވާނަކު ގެއްލިފައިވާތީ އޭނާ ހޯދުމަށްވެސް އާއްމު އިއުލާނެއް ކޮށްފައެވެ. 

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެފައެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ މާލެއިން ގެއްލުނު މީހާތޯ، ސުވާލު ކުރުމުން ފުުލުހުން ވިދާޅުވީ އެކަން އަދި ފުލުހުންނަށް ސާފު ނުވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.