Advertisement

އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގެ ތެރެއިން --

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމަށް އިރާނުގެ ޤައުމީ ޓީވީން ބުނެފި

އީރާންގެ ރައީސާއި ސަރުކާރުގެ އިސް އޮފިޝަލުން ދަތުރު ކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު  ފެނިއްޖެ ކަމުގައި، އީރާނުގެ ޤައުމީ ޓީވީން ބުނެފިއެވެ.

ހެލިކޮޕްޓަރު ފެނުނު ނަމަވެސް އެއިން ދަތުރުކުރި މީހުންގެ ހާލާއި ގުޅޭ ގޮތުން އިރާނުގެ ރަސްމީ ފަރާތަކުން އެއްޗެއް ނުބުނެއެވެ.

ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެކަމަށް އީރާނު ޤައުމީ ޓީވީން ރިޕޯޓް ކުރިނަމަވެސް، ރެސްކިއު ޓީމުތަކާއި ހަވާލާދީ ރެޑް ކްރެސެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި މިހާތަނަށް، އެ ހެލިކޮޕްޓަރު ފެނިފައެއް ނުވެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

އެކި ފަހަރު މަތިން ހެލިކޮޕްޓަރުގެ ފަސިންޖަރުންގެ ތެރެއިން އެކަކާއި ހެލިކޮޕްޓަރުގެ މުވައްޒަފަކާ މުވާސަލާތީ ގުޅުން ގާއިމުކުރެވިފައިވާ އީރާނުގެ ނައިބު ރައީސް ވިދާޅުވި ކަމުގެ ރިޕޯޓުތައްވެސް ފެތުރެމުން ދިޔަ ނަމަވެސް އެކަން ކަށަވަރެއް ނުކުރެވެއެވެ.

ހެލިކޮޕްޓަރު ވެއްޓުމަށް ފަހު ނުފެނި މިހާތަަނަށް 4 ގަޑި އިރަށް ވުރެ ގިނަ ވަގުތު ހޭދަވެފައި ވެއެވެ.

ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އަވައްޓެރި ޤައުމުތަކުން އޮތީ ތައްޔާރަށެވެ. އޭގެ ތެރޭގައި ޢިރާޤާއި އަޒަރުބައިޖާންވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.