Advertisement

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ---

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުކުުރެއްވި ހެލިކޮޕްޓަރު ވެއްޓިއްޖެ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ.

އީރާންުގެ އުތުރުގެ ސަރަހައްދުން އަޒަރުބައިޖާން ޕްރޮވިންސް ސަރަހައްދުގައި މިހާދިސާ ހިނގީ މޫސުމް ގޯސްވުމާއި ދުންފިނި ބޯވުމުގެ ސަބަބުންނެވެ. އީރާނުގެ ރައީސް އިންނެވި ހެލިކޮޕްޓަރާއި އެކު އެހެން ހެލިކޮޕްޓަރުތައް ދަތުރު ކުރި އިރު އީރާންގެ ރައީސް އިންނެވި ހެލިކޮޕްޓަރު އަދި ނުފެންނަ ކަމަށް އީރާނުގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ދަތުރު ކުރި ރެސްކިއު ހެލިކޮޮޕްޓަރުތަކަށްވެސް ލޭންޑް ކުރެވޭ ވަރަށް ވުރެ ގޯސް ކަމަށާއި، ދުންފިނި ބޯކަމުން ދުރުފެންނަ ނިސްބަތް ހުރީ 5 މީޓަރަށް ދަށްވެފައި ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

ހާދިސާ އާއި ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ ޙުމައިނީ މިހާރު ގެންދަވަނީ، ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަވަމުންނެވެ.

މިހާދިސާގައި އީރާންގެ ރައީސް އަވަހާރަވެފައިވާ ނަމަ، ދެން ރައީސް ކަމުގެ މަޤާމަށް ނައިބު ރައީސް މުޙައްމަދު މޮޚްބަރ އައްޔަނު ކުރެއްވުމަށް ފަހުގައި، ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.