ޚަބަރު
ޚަބަރު
10 May 2024
ޚަބަރު
ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 8 މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތް ފިރިހެނުންނާއި، ދިވެހި އަންހެނެކެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
09 May 2024
ޚަބަރު
ހޫނު ގަދަވެ ފަރުތަކަށް ގެއްލުން ވަމުންދާތީ ބައެއް މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި
އީޕީއޭއިން ބުނީ، މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރަކަށް ވާތީ، ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، ބިންހިއްކުމާއި ފަޅު ފުންކުރުން ފަދަ ފަރުތަކަށް ގެއްލުން ލިބޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
09 May 2024
ޚަބަރު
އަސާސީ ތަމްރީން ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާއި އިތުރު 98 މީހުން ގުޅިއްޖެ
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރެވެ. އަދި ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން އިއްވައިދެއްވީ، ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފްއެވެ.
09 May 2024
މޫސުމް
މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިރޭ މާލެއަށް ކުރިވިއްސާރައި، ބާރަށް ގުގުރުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތްވެސް ކެނޑިގެން ދިޔައެވެ.
09 May 2024
ޚަބަރު
ބާރުގަދަ ހޮނު ގުގުރިއާއެކު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
މާލެއިން ކަރަންޓް ކެނޑިފައި ވަނީ، މައްޗަންގޮޅި އާއި މާފަންނުގެ ބައެއް ސަރަހައްދު ތަކުން ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. މާލެއަށް މިރޭގެ 22:27 އާއި 22:29 އަދި 22:31ގައި ވަނީ ވަރަށް ބާރަށް ގުގުރާފައެވެ. އެހެން ނަމަވެސް އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ނަމަވެސް، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނެވެ.
09 May 2024
ޚަބަރު
ދިވެހިންގެ ތެރެއިން މިލިޔަނަރުންނަށް ހުޅުމާލެއިން ބިން ގަތުމަށް ފުރުޞަތު ހުޅުވާލައިފި
ބިންގަތުމަށް ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމްކޮށްފައި ވަނީ މައިގަނޑު ދެ ޝަރުޠެކެވެ. އެއީ ވަކި ފަރުދަކު ނަމަ އުމުރުން 18 އަހަރު ފުރިފައި ވުމާއި، ކުންފުންޏެއް ނަމަ %100 ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.
09 May 2024
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމުގައި އިންޑިއާއިން ބުނެފި
އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމަށް ދެޤައުމުގެ ދެމެދުގައި ވެވިފައިވީ އެއްބަސްވުމާއި އެއްގޮތަށް، މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސް އޭގެ ބަދަލުގައި އެޤައުމުގެ އާއްމު މީހުން ރާއްޖެއަށް ގެނެސްފައެވެ. ދެސަރުކާރުގެ ދެމެދުގައި އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މެއި 10ގެ ކުރިން އަނބުރާ އިންޑިއާއަށް ގެންދިޔުމަށެވެ.
09 May 2024
ޚަބަރު
މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުން ނެރެން ނިންމުމަށްފަހު އެކަން ނުކުރަން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
09 May 2024
ޚަބަރު
އެމްއޭސީއެލްގެ ޚަރަދުގައި ހައްޖަށް ފޮނުވާ 10 މުވައްޒަފުން ހޮވައިފި
މިކަމަށްޓަކައި މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން އަދި ޙައްޖު ސްޕޮންސަރޝިޕް ލިބުނު މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
09 May 2024
ޚަބަރު
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ފެސްޓިވަލެއް ބާއްވަނީ
09 May 2024
ޚަބަރު
ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރު ނަމްބަރުތަކަކުން ގުޅައިގެން ބަޔަކު އާއްމުންގެ އަތުން ފޭރެނީ
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްފައިވާ ރާއްޖޭން ބޭރުގެ ވަޓްސްއަޕް ނަމްބަރަކުން، މީހުންނަށް ގުޅައިގެން ބޭންކު ކާޑުގެ މައުލޫމާތާއި ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ވަޓްސް އެޕުން ވީޑިއޯ ކޯލްކޮށް، ކޭޝް ކާޑާއި ކްރެޑިޓް ކާޑު ދެއްކުމަށާއި އައިޑީ ކާޑު ދެއްކުމަށް އެދެމުންދާ ކަމަށެވެ. އަދި އެގޮތަށް ވީޑިއޯ ކޯލް ކުރާ މީހުން ތިބެނީ މޫނު ފޮރުވައިގެން ކަންވެސް ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ.
09 May 2024
ޚަބަރު
ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ޤަވާއިދާއި ޚިލާފަށް ޓެކްސީ ކުރަމުންދާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީން ޖޫރިމަނާ ކުރާނޭ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން، ހުއްދަ ނެތި ޓެކްސީ ކޮށްފި ނަމަ 500ރ އަދި ހުއްދަނެތި ޕްރައިވެޓް ހަޔަރ ދަތުރު ކުރާނަމަ 750ރ އިން ޖޫރިމަނާ ކުރާނެ ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ.
09 May 2024
ޚަބަރު
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި
އައު ބޯޓު ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން ބުނެފައި ވަނީ، އޭޓީއާރް 42-600 މަރުކާގެ މަތިންދާބޯޓަކީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ.
08 May 2024
ޚަބަރު
މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ވަގުތު ތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން މޫސުމާިއ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެެއަށް ވައިޓް އެލާޓް ނެރެެފައި ވަނީ މިއަދުގެ މެންދުރު ފަހު 12:30 އިން ހަވީރު 5:00އަށެވެ.
08 May 2024
ޚަބަރު
މަޖިލީހުގެ ނައިބު ރައީސާކަމަށް ސައުދާ ވާދަކުރެއްވުމަށް ކެމްޕޭން ނުކުރައްވާ ކަމަށް ވިދާޅުވެއްޖެ
ސަޢުދާ މިހެން ވިދާޅުވީ، ސަޢުުދާ މަޖިލީހުގެ ނާއިބު ރައީސާގެ މަޤާމަށް ގެނައުމަށް ގޮވާލާ ބައެއް ފަރާތްތަކުން ކުރަމުންދާ ކެމްޕޭންތަކާއި ގުޅިގެންނެވެ. މިގޮތުން ސައުދާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ގެނައުމަށް ގޮވާލައި، "ސައުދާ ފޯރ ޑެޕިއުޓީ ސްޕީކަރ"ގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓާއި ގުޅޭ ގޮތުން ސައިދާ ވިދާޅުވީ، އެއީ އޭނާއާއި ގުޅުން އޮތް އެކައުންޓެއް ނޫންކަމަށެވެ. އަދި އޭނާގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމުގައި ސައުދާ ވަނީ ވިދާޅުވެފައެވެ.
08 May 2024
ޚަބަރު
ކޯރަމް ހަމަނުވެގެން އެންމެ ފަހުން މިއަދު މަޖިލީހުގެ ޖަލްސާ ނިންމާލައިފި
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ޖަލްސާ ނިންމަވާލެއްވިކަން އިޢުލާން ކުރެއްވީ، 11 ޖެހިފަހުންނެވެ. އޭގެ ކުރިން 9:30 އާއި 10:00 އަދި 11:00އަށް ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން މަޖިލީހަށް ހާޟިރުވޭތޯ މަޖިލީހުގެ ރައީސް މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް ޖަލްސާ ނިންމަވާލެއްވި އިރު، މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 10 މެމްބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 19 މެމްބަރުންނެވެ.