Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

08 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކޯރަމް ހަމަނުވެގެން އެންމެ ފަހުން މިއަދު މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭ ވަރަށް މެމްބަރުން ހާޟިރު ނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންގޮސް ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ޖަލްސާ ނިންމަވާލެއްވިކަން އިޢުލާން ކުރެއްވީ، 11 ޖެހިފަހުންނެވެ. އޭގެ ކުރިން 9:30 އާއި 10:00 އަދި 11:00އަށް ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން މަޖިލީހަށް ހާޟިރުވޭތޯ މަޖިލީހުގެ ރައީސް މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް ޖަލްސާ ނިންމަވާލެއްވި އިރު، މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 10 މެމްބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 19 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެޖޯރިޓީ އޮތީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ނަމަވެސް އައު ދައުރަށް މަޖިލީހަށް ވާދަކުރެއްވި، ނިމެމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނަށް ގޮނޑިއެއް ކާމިޔާބެއް ނުކުރެއްވުނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މިމަހުގެ 28އަށް ހަމަވާއިރު، މިދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މެއި މަހުގެ 13ވާ ހޯމަ ދުވަހުއެވެ. މަޖިލީހުގެ ޤަވާއިދުގައި ހިމަނާފައިވާ ގޮތުން މަޖިލީހުގެ އާއްމު ޖަލްސާތައް ބާއްވަމުން އަންނަނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހުގައެވެ. މިއަދަކީ މިހަފްތާގެ ބުދަ ދުވަސްކަމަށް ވުމާއި އެކު ދެން ދެން އޮންނާނީ، މިދައުރުގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެެވެ.

ކޮމެންޓް
ފައިސަލް
ޥަރައް ރަނގަޅު، އެޖެންވިޔަސް މުސާރަ ދޭންވާނެ ހަމަޔައް. ތީ ވާ އިއްޒައްތެރި ބައެއް. އާދައިގެ ރައްޔިތުމީހާ ފަޅހި ސިކުންތެއް ލަސްވިޔަސ މުސާރައިން ކަނޑާލާނެ
08 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.