Advertisement

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން --

10 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަ ކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" ފަށައިފި

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެޗްޑީސީ އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގުޅިގެން ކުރިޔަށް ގެންދާ، "އުފާ ފެސްޓިވަލް" މިއަދޔު ހަވީރު ފަށައިފިއެވެ.

ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ މިފެސްޓިިވަލް ފައްޓަވައި ދެއްވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އާއިޝަތު ޝިހާމް އާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދެވެ.

ޤައުމީ  ކުޑަކުދިންގެ  ދުވަސް  ފާހަގަކުރުމުގެ މަޤްސަދަކީ  މުޖުތަމަޢުގެ ކުޑަކުދިންގެ  ޙައްޤުތަކާއި  އެކުދިންގެ ކަރާމާތް  ހިމާޔަތްކުރުމުގެ އިތުރުން އެކުދިންގެ އުފާވެރި އަދި ދުޅަހެޔޮކަމަކީ މުޖުތަމަޢުއެއްގައި  އެންމެހާ ފަރުދުންގެ  މަސްޢޫލިއްޔަތެއްކަން  ހަނދާންކުރުން ކަމުގައި، އާއިލާ އާއި ބެހޭ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އާއިލާ އާއި ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އުފާ ފެސްޓިވަލް ކުރިއަށްދާނީ މިއަދާއި މާދަމާ، ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ފެސްޓިވަލުގައި މާދަމާ، ސްޓޯލްތަކުގެ ހަރަކާތައް ކުރިއަށް  ނުގެންދާނެ ކަމަށާއި، އޭގެ ބަދަލުގައި އޮންނާނީ ފެންކުޅުމުގެ ތަފާތު ހަރަކާތްތައް ކަމުގައި އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ފޯމް ބައުންސިންގް އިންފްލޭޓެބަލްއާއި، ބައުންސިންގެ ކާސަލްގެ އިތުރުން، ފެން ޖެހުމުގެ ކުޅިވަރު އޮންނާނެކަމަށާއި، މި ހަރަކާތުގައި ބައިވެރިވާން ބޭނުން ހުރިހާ ކުދިންވެސް އަމިއްލަ ފެންބަޑިއެއް ގެންދިއުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މިފެސްޓިވަލްގައި މާދަމާ ރޭގައި ވަރަށް ޚާއްސަ މޫވީ ނައިޓެއްވެސް 20:00އިން 22:00 އަށް ބޭއްވުމަށް ވަނީ ރޭވިފައި ކަމަށާއި، އަދި މޫވީ ނައިޓަށްފަހު، މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން އޮންނާނެ ކަމުގައިވެސް އާއިލާ އާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.