Advertisement

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ އެސް ޖައިޝަންކަރާއި އެކު ބޭއްވެވި ބައްދަލުކުރެއްވުން --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމުގައި އިންޑިއާއިން ބުނެފި

ދިވެހިރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން މިހާރު އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމުގައި އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމަށް ދެޤައުމުގެ ދެމެދުގައި ވެވިފައިވީ އެއްބަސްވުމާއި އެއްގޮތަށް، މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އޮފިސަރުން އަނބުރާ ޤައުމަށް ގެންގޮސް އޭގެ ބަދަލުގައި އެޤައުމުގެ އާއްމު މީހުން ރާއްޖެއަށް ގެނެސްފައެވެ. ދެސަރުކާރުގެ ދެމެދުގައި އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މެއި 10ގެ ކުރިން އަނބުރާ އިންޑިއާއަށް ގެންދިޔުމަށެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖެއަށް ފޮނުވާފައި ވަނީ އާއްމު މީހުން ކަމުގައި ވީ ނަމަވެސް އެކަމާއި މެދު ސިޔާސީ ފަރާތްތަކުންނާއި އާއްމުން ސުވާލު އުފައްދައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިހާރު ހުންނެވީ ދިއްލީގައެވެ. އަދި އެމަނިކުފާނު ވަނީ މިއަދު އިންޑިއާގެ ފޮރިން މިނިސްޓަރާއިވެސް ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.